Last Updated: April 24, 21:50
Wednesday, April 24, 2024
ޚަބަރު

މަޖީދިއްޔާ އިން ގަސް އިންދުމުގެ ޕްރޮގްރާމެއް

މަޖީދިއްޔާ ސްކޫލަށް 95 އަހަރުވުމާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން "މަޖީދިއްޔާ ފޯ ނޭޗާ" ގެ ނަމުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

އިއްޔެ ހަވީރު ހުޅުމާލޭގައި ޕްރޮގްރާމް ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މަޖީދިއްޔާ ސްކޫލާއި އެޗްޑީސީ ގުޅިގެން ފެށި ޕްރޮގްރާމްގައި ހުޅުމާލޭގެ ރުއްގަނޑު އޭރިއާ ދޭއްގައި 1،927 ގަސް އިންދާފައިވެ އެވެ. އެ އަދަދަށް ގަސް އިންދީ މަޖީދިއްޔާ ވުޖޫދަށް އައި އަހަރާ ގުޅުވައިގެންނެވެ.

މަޖީދިއްޔާ ސްކޫލް އުފަންވީ އެޕްރީލް 19، 1927 ގަ އެވެ.

ގަސް އިންދަން އިއްޔެ ފެށި ޕްރޮގްރާމްގައި މަޖީދިއްޔާ ސްކޫލްގެ މިހާރުގެ ދަރިވަރުންނާ މުސްކުޅި ދަރިވަރުން ބައިވެރިވި އެވެ.