Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

މި އަހަރު އަމީރުލް ހައްޖަކީ އިސްލާމިކް މިނިސްޓަރު

އަމީރުލް ހައްޖުގެ ގޮތުގައި މި އަހަރު އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު އަލީ ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން ބުނީ މި އަހަރު ރާއްޖޭން ހައްޖަށްދާ މީހުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި އަމީރުލް ޙައްޖުގެ ގޮތުގައި ރައީސް އިބްރާހީން މުހައްމަދު ސޯލިހު، ޑރ. ޒާހިރު ހަމަޖައްސަވާފައިވާ ކަމަށެވެ.

ކޮންމެ އަހަރަކު ވެސް ދިވެހި ޙައްޖުވެރިންގެ ކަންކަމާ ޙަވާލުވެވަޑައިގަންނަވާނެ ދައުލަތުގެ އިސް މަސްއޫލުވެރިޔަކު ރައީސް ކަނޑައަޅުއްވަ އެވެ.

ރާއްޖެ އަށް މި ފަހަރު ލިބިފައި ވަނީ އެންމެ 453 ހައްޖު ކޯޓާ އެވެ. އޭގެ ތެރެއިން 352 ޖާގަ ޚާއްސަކޮށްފައި ވަނީ ހައްޖު ކޯޕަރޭޝަންގެ ކިއުގައި މި ވަގުތު ތިބި މީހުންނަށެވެ. އަދި ބާކީ 100 ޖާގައަށް އެދުމުގެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ. އެ 100 މީހުން ހޮވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 2 ގައި ގުރުއަތުންނެވެ.