Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

އެޗްޑީސީން ވޮލީ ކޭމްޕަކަށް ހުޅުވާލައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވޮލީބޯޅަ ކޭމްޕަކަށް ހުޅުވާލައިފި އެވެ.

އެތަނުން ބުނީ "މައި ހުޅުމާލެ ވޮލީވޯލް ކޭމްޕް 2022" ގެ ނަމުގައި ހުޅުމާލޭގައި އުޅޭ ކުދިންނަށް ހާއްސަކޮށްގެން ބާއްވާ ކޭމްޕްގައި ބައިވެރިވާން ޝައުގުވެރިވާ ކުދިންނަށް މި މަހުގެ 9 އާ ހަމައަށް ކުރިމަތިލާން ހުޅުވާލާފައިވާ ކަމަށެވެ.

މި ކޭމްޕްގައި ބައިވެރިކުރަން ހަމަޖެއިފައި ވަނީ 50 ކުދިންނެވެ. އެއީ ކޮންމެ ޖިންސަކުން 25 ކުދިންނެވެ. ކޭމްޕް ކުރިއަށް ގެއންދަން ހަމަޖެހިފައި ވަނީ ވޮލީ ފެސްޓިވަލެއްގެ ގޮތުގައި މި މަހުގެ 25 އިން އަންނަ މަހުގެ 5 އަށެވެ. "މައި ހުޅުމާލެ ވޮލީވޯލް ކޭމްޕް 2022" ނިންމައިލަން ހަމަޖެހިފައި ވަނީ ބައިވެރިވާ ކުދިންގެ މެދުގައި ބާއްވާ އެއް ދުވަހުގެ ވޮލީ މުބާރާތަކަށް ވެސް ފަހު އެވެ.

އެޗްޑީސީން ބުނި ގޮތުގައި މި ކޭމްޕްގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި އުޅޭ ކުދިންގެ މެދުގައި ވޮލީއާ ގުޅޭ އަސާސީ ހުނަރުތައް ދަސްކޮށްދީ، އެ ކުޅިވަރަށް ކުދިންގެ ޝައުގުވެރިކަން އިތުރުކުރުމެވެ. ކޭމްޕްގައި ބައިވެރިވެވޭނީ އުމުރުން 10-16 އަހަރާ ދެމެދުގެ ކުދިންނަށެވެ.