Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ވިލިމާލެ ހޮސްޕިޓަލްގައި އަލުން ވެކްސިން ފަށައިފި

މުއްދަތު ހަމަވެފައި ހުރި ވެކްސިންތަކެއް ތުއްތުކުދިންތަކަކަށް ދިން މައްސަލައެއް ފެންމަތިވެ މިދިޔަ މަހުގެ ތެރޭގައި ވެކްސިން ދިނުން މެދުކަނޑާލި ވިލިމާލެ ހޮސްޕިޓަލްގައި އަލުން ވެކްސިން ދޭން ފަށައިފި އެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނި އަލުން ވެކްސިން ޖަހަން ފެށީ ކުރިން ދިމާވި މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ދެން އެފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަށް ކަންކަން އިންތިޒާކުރުމަށް ފަހު ކަމަށެވެ. އަދި މިއަދުން ފެށިގެން އަލުން ވެކްސިން ޖެހުން ކުރިއަށް ދާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުތަކާ އެއްގޮތަށް ސީދާ އައިޖީއެމްއެޗްގެ ބެލުމުގެ ދަށުން ކަމަށް ބުންޏެވެ.

މުއްދަތު ހަމަވެފައި ހުރި ވެކްސިންތަކެއް ޖެހި މައްސަލައަކާ ގުޅިގެން ވިލިމާލެ ހޮސްޕިޓަލުން ވެކްސިން ޖެހުން މެދުކެނޑީ މިދިޔަ މަހުގެ 29 ގަ އެވެ. އަދި އެކަމާ ގުޅިގެން އިހުމާލުވި މުވައްޒަފުންތަކެއް ސަސްޕެންޑް ވެސް ކޮށްފައިވެ އެވެ.

ވެކްސިން ޖެހުން މެދުކަނޑާލަން ޖެހުމުން އާންމުންނަށް ދިމާވި ދަތިތަކަށް އައިޖީއެމްއެޗުން މައާފަށް ވެސް އެދިފައިވެ އެވެ.