Last Updated: July 5, 20:34
Sunday, July 6, 2025
ޚަބަރު

އެފްއޭއެމަށް ދަނޑު އެޅޭނެކަމުގެ އުންމީދެއް ނެތް

މިނިސްޓަރު އަހުމަދު މަހުލޫފް، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެފްއޭއެމްއިން އަޅަން ނިންމި ފުޓްބޯޅަ ދަނޑުތައް އެޅޭނެކަމުގެ އުންމީދު ނެތްކަން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ވަނީ އެފްއޭއެމްއިން އެޅުމަށް ނިންމާފައިވާ ދަނޑުތަކުގެ އެންމެފަހުގެ މައުލޫމާތު ހިއްސާ ކޮށްދިނުމަށް އެދިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވަނީ އެފްއޭއެމްގެ ދަނޑުތައް އެޅޭނެކަމުގެ އުންމީދު ނެތްކަން ހާމަކުރައްވާފައެވެ.

"އެފްއޭއެމްގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތްތައް، އެދެން މިހާރު ނުވާނެ ކަމެއްކަމަށް އަޅުގަނޑުމެން އަމިއްލަޔަށް ނިންމައިފިން." މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ އެމައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެން ހުރި މަސައްކަތްތައް ވަރަށް އަވަހަށް ކުރާނެކަމަށެވެ.

16 ރަށެއްގައި ފުޓްބޯޅަ ދަނޑުތައް އެޅުމަށް އެފްއޭއެމުން އިއުލާންކުރީ 2021 ވަނަ އަހަރުގެ މޭ މަހުއެވެ. އެހެންނަމަވެސް އޭގެން އެއްވެސް ދަނޑެއްގެ މަސައްކަތް ފެށިފައެއް ނުވެއެވެ.