Last Updated: April 18, 13:36
Thursday, April 18, 2024
ކުޅިވަރު

ޕީއެފްއޭގެ މޮޅު ކުޅުންތެރިޔާ އަކީ ސަލާހް

ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަނުން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހަށް ލިބިއްޖެ އެވެ.

އުމުރުން 29 އަހަރުގެ ޑިބްރޭނާ މި މަގާމު ހޯދީ މެންޗެސްޓަރ ސިޓީގެ ކެވިން ޑި ބްރޭނާ އާއި މެންޗެސްޓާރ ޔުނައިޓެޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިވަޕޫލްގެ ސަޑިއޯ މާނޭ އާއި ވާޖިލް ވެންޑައިކް އަދި ޓޮޓެންހަމްގެ ހެރީ ކޭންއާ ވާދަކޮށެވެ.

މިއީ މި އެވޯޑު ސަލާހު ހޯދި ދެވަނަ ފަހަރެވެ.

ސަލާހު މި އެވޯޑު ހޯދިއިރު ޕްރިމިއާ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓު ވެސް ހާސިލުކޮށްފައިވަނީ ސަލާހެވެ. އޭނާ ވަނީ ޕްރިމިއާ ލީގުގައި 24 ލަނޑު ޖަހާފަ އެވެ.

ޕީއެފްއޭ މޮޅު ކުޅުންތެރިއާގެ އެވޯޑު ސަލާހު ހޯދިއިރު އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު ހޯދީ މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އުމުރުން 22 އަހަރުގެ ފޮޑެން އެވެ. އަދި ޕީއެފްއޭ އެންމެ މޮޅު އަންހެން ކުޅުންތެރިއާގެ މަގާމު ހޯދީ ޗެލްސީގެ އަންހެން ޓީމަށް ކުޅެމުން އަންނަ އޮސްޓްރޭލިއާގެ ސޭމް ކާ އެވެ.