Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

ޓެލެގްރާމްގެ ޕްރީމިއަމް މި މަހު

ފީއެއް ދައްކައިގެން ބޭނުންކުރެވޭ ޓެލެގްރާމްގެ ފްރީމިއަމް ސާވިސް މި މަހުގެ ތެރޭގައި ލޯންޗްކުރަން ނިންމައިފި އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ ގޮތުގައި މަގުބޫލުކަން ހޯދާފައިވާ ޓެލެގްރާމްގެ ޕްރީމިއަމް ސާވިސް މި މަހުގެ ފަހުކޮޅު ލޯންޗްކުރަން ރޭވި ނަމަވެސް އަދި ވަކި ތާރީހެއް ހާމައެއްނުކުރެ އެވެ. އެކަމަކު މި ހިދުމަތް ވާނީ ހާއްސަ ފީޗާތަކެއް ވެސް އެކުލެވޭ ހިދުމަތަކަށް ކަމަށް ބުންޏެވެ. އެގޮތުން ބޭނުންކުރަން ފަސޭހަވުމާއި އަވަސްވުމާއި އިތުރު އެހެން ރިސޯސްތައް ޕްރީމިއަމްގެ ތެރެއިން ފަހިވާނެ ކަމަށް ޓެލެގްރާމުން ބުންޏެވެ.

އޭގެ ބާނީ ޕަވެލް ޑްރޯވް އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ މީގެ ނުވަ އަހަރު ކުރިން ލޯންޗްކުރި ޓެލެގްރާމަށް މިހާތަނަށް މުހިއްމު އެތައް ބަދަލެއް ގެނެސްފައިވާނެ ކަމަށާއި އަބަދު ވެސް ބޭނުންކުރާ މީހުން އެންމެ ބޭނުންވާ ކަހަލަ އެއްޗަކަށް އެ ޕްލެޓްފޯމް ހަދަން އިސްކަންދޭ ކަމަށެވެ. އެގޮތުން ޕްރީމިއަމް ސަބްސްކްރިޕްޝަނާ އެކު ޓެލެގްރާމްް ބޭނުންކުރާ މީހުންނަށް ފީއެއް ދައްކައިގެން ވަރަށް ގިނަ މުހިއްމު "އިނާޔަތްތަކެއް" ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ޓެެލެގްރާމްގެ ޕްރީމިއަމް ސަބްސްކްރިޕްޝަނަށް ނަގާނެއް އަގެއް ވެސް އަދި ހާމައެއްނުކުރެ އެވެ. އެކަމަކު ބައެއް ރިޕޯޓްތައް ބުނާ ގޮތުން މީގެ މަހު ފީއަކަށް ވާނީ 4.49 ޑޮލަރެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން ޓްވިޓާ އަކީ ވެސް މިފަދަ ހިދުމަތެއް ތައާރަފުކޮށްފައިވާ އެއްޗެކެވެ. އެއީ މަހު ފީއަކަށް 3 ޑޮލަރު ނަގާ "ޓްވިޓާ ބްލޫ" އެވެ.

ޓެލެގްރާމް ބޭނުންކުރާ މީހުންގެ އަދަދު 500 މިލިއަނަށް ވުރެ ގިނަ އެވެ.