Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ހިތަދޫ ސްކޫލުން ޗެމްޕިއަންކަން ހޯދައިފި

ސ.އަތޮޅު މަދަރުސާ 2-1 އިން ބަލިކޮށް 16 އަހަރުން ދަށުގެ އައްޑޫ އިންޓަ ސްކޫލް މުބާރާތުގެ ޗެމްޕިއަންކަން ހިތަދޫ ސްކޫލުން ހޯދައިފި އެވެ.

އައްޑޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު ދެ ޓީމު ވެސް އޮތީ 1-1 އިން އެއްވަރުވެފަ އެވެ.

އެގޮތުން މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ހިތަދޫ ސްކޫލުންނެވެ. މި ގޯލަކީ މެޗުގެ 10 ވަނަ މިނެޓްގައި ސ.އަތޮޅު ސްކޫލްގެ ހުސެއިން ސުމީން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ނަމަވެސް މެޗުގެ 23 ވަނަ މިނެޓްގައި ހުސެއިން ޒާމިލް ވަނީ ސ.އަތޮޅު މަދަރުސާ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މި މެެޗުން ހިތަދޫ ސްކޫލް މޮޅުވި ގޯލު މެޗުގެ 62 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަހުމަދު އަރްސަލަން ރޫހުލް އަމީނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދާފައިވަނީ އޭނާ އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހިތަދޫ ސްކޫލް ޓީމަށް ތަށި ހަވާލުކޮށްދިނީ މެޗުގެ ޝަރަފުވެރި މެހެމާން އަދި އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އެވެ.