Last Updated: May 10, 06:02
Friday, May 10, 2024
ޚަބަރު

އަައްޑޫ ކައުންސިލް އިދާރާގައި ސޯލާ ހަރުކުރަނީ

އައްޑޫ ސިޓީ ކައުންސިލް އިދާރާ އާއި އެތަނުގެ ދަށުން ހިންގާ އަވަށު އޮފީސްތަކުގައި ސޯލާ ޕަވަ ސިސްޓަމް އިންސްޓޯލްކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ މި މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 28 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން 300ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. އަދި ރަޖިސްޓްރޭޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 19 އާ ހަމައަށެވެ.

މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.

ކައުންސިލުން ބުނި ގޮތުގައި ހިތަދޫގައި ހުންނަ އެތަނުގެ މައި އިދާރާ އާއި އަވަށު އޮފީސްތަކުގައި ސޯލާ ޕަވަ ސިސްޓަމް އިންސްޓޯލްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 31،500ރ. ހުށަހަޅަން ޖެހޭނެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ.