Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ހިމްނާ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އާކޮށްފި

ރާއްޖޭގެ އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އައިޝަތު ހިމްނާ ހަސަން އަނެއްކާވެސް އާކޮށްފި އެވެ.

ހިމްނާ ރެކޯޑް އާކުރީ ގައުމީ ޓީމުގެ ޓައިމް ޓްރަޔަލްގައި 57.56 ސިކުންތުން ދުވެގެންނެވެ. ހިމްނާ އެންމެފަހުން މި ރެކޯޑު އާކޮށްފައިވަނީ ހޮންކޮންގްގައި ކުރިއަށްދިޔަ 20 އަހަރުން ދަށުގެ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ހީޓުގައި 58.90 ސިކުންތުން ދުވެގެންނެވެ.

އައްޑޫ ސިޓީ އަށް ނިސްބަތްވާ ހިމްނާ އަކީ ފާއިތުވި ގިނަ މުބާރާތް ތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ދުވުންތެރިއެކެވެ. އަދި އެތައް ފަހަރެއްގެ މަތިން މުބާރާތް ތަކުގައި އުމުރުފުރާގެ އެންމެ މޮޅު އެތުލީޓު އަދި ބެސްޓް އޯލް ރައުންޑް އެތުލީޓުގެ މަގާމު ވެސް ހިމްނާ ވަނީ ހޯދާފަ އެވެ.

އެގޮތުން ހިމްނާ ވަނީ 2018 އަދި 2019 ވަނަ އަހަރު އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑާއި، ޖޫނިއާ އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑުގެ އިތުރުން 400 މީޓަރު ދުވުމުން ގައުމީ ޔޫތު ރިކޯޑު ގާއިމުކޮށްފަ އެވެ.