Last Updated: April 23, 19:51
Tuesday, April 23, 2024
ރިޕޯޓް

ސެޓްލިންކް؛ އައްޑޫން މިހާރު މާ ފަސޭހަކޮށް

އިންޓަނެޓާއި ކޭބަލް ޓީވީގެ ހިދުމަތް ރާއްޖޭގައި ދޭ ކުންފުންޏެއް ކަމަށްވާ ސެޓްލިންކް ހިދުމަތް މިހާރު އައްޑޫން އޮންލައިންކޮށް ލިބޭ ގޮތަށް ހަދައިފި އެވެ.

އެ ކުންފުނިން ބުނީ މިހާރު އައްޑޫގެ ހަތަރު އަވަށަކަށް ސެޓްލިންކްގެ ހިދުމަތް ލިބޭ ކަމަށެވެ. އެއީ ހިތަދު އާއި ފޭދު އާއި ހުޅުދޫގެ އިތުރުން މީދު އެވެ. އެގޮތުން މި އަވަށްތަކުގެ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމުގައި ވީހާ ވެސް ބޮޑަށް ފަސޭހަކޮށް ދިނުމުގެ ގޮތުން އޮންލައިންކޮށް ހިދުމަތަށް މިހާރު އެޕްލައިކޮށް ފައިސާ ވެސް ދެއްކޭނެ ކަމަށް ބުންޏެވެ.

ސެޓްލިންކުން ބުނީ މިހާރު ކުންފުނީގެ ކަނެކްޝަންތައް ހިލޭ އެދެވޭނެކަމަށެވެ. ސެޓްލިންކުން ދެވޭ ހިިދްމަތްތަކުގެ ތަފްސީލު 9903995 އަދި 9890945 ނަންބަރު މެދުވެެރިކޮށް ސާފު ކުރެޭނެ ކަމަށް ސެޓްލިންކުން ބުނެއެވެ.

ސެޓްލިންކުން މި ގޮތަށް ހަމަޖެއްސީ މިދިޔަ މަހުގެ 15 ގަ އެވެ. އެ ކުންފުނިން ހިދުމަތްތަކަށް ވަރަށް ފަސޭހަކޮށް މިހާރު ވެބްސައިޓް https://satlinkonline.com/މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

"އަދި ސެޓްލިންކްގެ ޕެކޭޖްތަކުގެ މައުލޫމާތު ވެސް ވެބްސައިޓުން ލިބޭނެ." ސެޓްލިންކުން ބުންޏެވެ.

ސެޓްލިންކް ހިދުމަތަށް ނުކުތީ 2009 ގަ އެވެ. އޭގެ ފަހުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް އެތަނުން އަންނަނީ އިންޓަނެޓާއި ކޭބަލް ޓީވީގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. ސެޓްލިންކަކީ ސައްތަސައިން ސައްތަ ދިވެހި ކުންފުންޏެކެވެ.

އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ސެޓްލިންކްގެ ޕެކޭޖްތަކުގެ ތެރޭގައި ހިމެނެނީ މައިގަނޑު ދެ ޕެކޭޖެކެވެ. އެއީ ހޯމް ޕެކޭޖާއި ބިޒްނެސް ޕެކޭޖެވެ. އަދި ދެ ޕެކޭޖްގެ އެކި ކެޓަރީތައް ވެސް ހިމެނެ އެވެ.