Last Updated: April 24, 12:03
Wednesday, April 24, 2024
ޚަބަރު

"ދަރުސް ޕޯޓަލް" ލޯންޗްކޮށްފި

އިސްލާމިކް މިނިސްޓްރީގެ "ދަރުސް ޕޯޓަލް" ރަސްމީކޮށް މިއަދު ލޯންޗްކޮށްފި އެވެ.

މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު އަލީ އެވެ.

"ދަރުސް ޕޯޓަލް" އަކީ ދީނީ ދަރުސް އިންތިޒާމުކުރާ ފަރާތްތަކާއި ދަރުސްދިނުމަށް އެދޭ ފަރާތްތަކަށް ފަސޭހަކަމާ އެކު ހުއްދަ ހޯދުމުގެ އިންތިޒާމު ހަމަޖެހިގެންދާ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. މީގެ ކުރިން ދަރުސް ދިނުމަށް ހުއްދަ އަށް އެދި ހުށަހަޅަން ޖެހޭނީ މިނިސްޓްރީ އަށް ފޯމެއް މެދުވެރިކޮށެވެ. ނަމަވެސް އާ ޕޯޓަލްއާ އެކު ކުރިއަށް ވުރެ ފަސޭހައިން ހުއްދައަށް އެދެވޭ އިރު ދެން ފޯމް ހުށަހަޅާކަށް ނުޖެހޭނެ އެވެ.

ދަރުސް ޕޯޓަލްގައި ރެޖިސްޓްރީކޮށް ހުއްދައަށް އެދުމުން، އެސްއެމްއެސްއެއް މެދުވެރިކޮށް ހުއްދަ ލިބުނުކަން ހުއްދަ އަށް އެދުނު ފަރާތަށް އެނގޭނެ އެވެ. އެ ޕޯޓަލް މެދުވެރިކޮށް ދީނީ އިލްމުވެރިންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، ކައުންސިލްތަކަށް ހުއްދަ އަށް އެދެވޭނެ އެވެ.

ޕޯޓަލް މެދުވެރިކޮށް ދަރުސް ބޭއްވުމުގެ ހުއްދަ ހޯދުމަށް ފަހު، ހުއްދަ ދެވިފައިވާ ގޮތަށް ދަރުސް ބޭއްވުނުކަން ނުވަތަ ނޫންކަން ވެސް ޕޯޓަލް މެދުވެރިކޮށް އެންގޭނެ އެވެ. "ދަރުސް ޕޯޓަލް" ގެ ލިންކަކީ https://dharushuddha.islamicaffairs.gov.mv/?_gl=1*mtk33c*_ga*MTUxNzI0NTk3LjE2NDcyNDQ4MjU.*_ga_8PQRM2KM0D*MTY1NTM2MDcwOS4yNi4xLjE2NTUzNjEwMDAuMA..&_ga=2.38532775.589326367.1655360710-151724597.1647244825 މިއީ އެވެ.