Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

މުދަލު ޒަކާތުގެ ނިސާބު ކުޑަކޮށްފި

-މާލޭގައި މީހަކު ޒަކާތް ދައްކަނީ

އިސްލާމިކް މިނިސްޓްރީން މުދަލު ޒަކާތުގެ ނިސާބު ކުޑަ ކޮށްފިއެވެ.

އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 6396.25ރ. ކަމަށެވެ.

މީގެކުރިން މުދަލު ޒަކާތުގެ ނިސާބަކީ 7241.15 ރ. އެވެ.

ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ވެސް ބަދަލުވެގެންދެއެވެ.