Last Updated: June 9, 07:00
Friday, June 9, 2023
ދުނިޔެ

ފައުޗީ އަށް ވެސް ކޮވިޑް ޖެހިއްޖެ

ކޮވިޑް-19 ގެ ބަލިމަޑުކަން ފެށުނު ފަހުން އެ ބައްޔާ ބެހޭ ގޮތުން އެންމެ ގިނައިން ވާހަކަ ދައްކަވަމުން ގެންދެވި އެމެރިކާގެ އެންތަނީ ފައުޗީ އަށް އަށް ކޮވިޑް ޖެހިއްޖެ އެވެ.

އުމުރުން 81 އަހަރުގެ ފައުޗީ އަކީ އެމެރިކާގެ ނެޝަނަލް އިންސްޓްޓިއުޓް އޮފް އެލަޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރެވެ. އޭނާ އަށް ކޮވިޑް ޖެހުނުކަން އިއުލާންކުރެއްވީ އިއްޔެ އެވެ. ބައްޔަށް ޕޮޒިޓިވްވި އިރު، ވެކްސިންގެ ދެ ޑޯޒް ފުރުހަމަކޮށް ފައުޗީ އަކީ ބޫސްޓަ ޑޯޒް ވެސް ދެ ފަހަރެއްގެ މަތިން ޖައްސަވާފައިވާ ބޭފުޅެކެވެ.

އެމެރިކާ އަކީ މިހާތަނަށް ކޮވިޑްގައި އެންމެ ގިނަ މީހުން މަރުވި ގައުމެވެ. އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިލިއަނަކަށް ވުރެ ގިނަ އެވެ.