Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

ދިވެހި ހައްޖު މިޝަން ފުރައިފި

މި އަހަރުގެ ދިވެހި ޙައްޖު މިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން މިއަދު ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގެންފި އެވެ.

ހައްޖު މިޝަންގައި ހިމެނިވަޑައިގަންނަވަނީ އިސްލާމިކް މިނިސްޓްރީގެ ފަސް ބޭފުޅެކެވެ.

ރާއްޖެޭން ޙައްޖަށްދާ މީހުންގެ ކަންކަން ދިވެހި ސަރުކާރުގެ ފަރާތުން ބެލެހެއްޓެވުމަށްޓަކައި ކޮންމެ އަހަރަކު ވެސް ސަރުކާރުން އެކަމަށް ހާއްސަ މިޝަނެއް އެކުލަވާލަ އެވެ. އެ މިޝަން އިން ސައޫދީގައި ގާއިމްވެ، ރާއްޖޭން އެ އަހަރަކު ޙައްޖުގެ އަޅުކަން އަދާކުރަން ދާ ހައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދީ ރަސްމީ އިންތިޒާމްތައް ހަމަޖައްސައިދެ އެވެ.

މި އަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ރައީސް ކަނޑައެޅުއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.

މި އަހަރު ހައްޖަށް ދާ ދިވެހި ޙައްޖާޖީން ފުރަން ފަށާނީ މި މަހުގެ 26 ވަނަ ދުވަހުގެ ރެއިން ފެށިގެންނެވެ. މިފަ ހަރު ޙައްޖާޖީން ފުރަން ހަމަޖެހިފައި ވަނީ ތިން ފްލައިޓެއްގަ އެވެ. އެއީ 26 ވަނަ ދުވަހާއި 29 އަދި އަންނަ މަހުގެ ޖުލައި މަހުގެ 2 ގަ އެވެ.

މި އަހަރު ރާއްޖޭން ހައްޖަށް ދަނީ 453 މީހުންނެވެ. އެއީ މުޅިން ވެސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.