Last Updated: April 19, 18:52
Friday, April 19, 2024
ޚަބަރު

ގޭބިސީތަކުން ކުނި ވަކިކުރުމުގެ ނަތީޖާ ރަނގަޅު: ޝައުނާ

ގޭބިސީތަކުގެ ކުނި ވަކިކޮށްގެން މާލެ ސަރަހައްދުގައި އުކައިލަން ފެށިތާ ދެ ހަފުތާގެ ތެރޭގައި ފެންނަން ފެށި ނަތީޖާ ރަނގަޅު ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މާލެ އާއި ހުޅުމާލޭގެ ގޭބިސީތަކުން މިހާރު ކުނި ވަކިކޮށްގެން ނެރުމާ ގުޅޭ ޗާޓްތަކަކާ އެކު ޓްވިޓާގައި މިނިސްޓަރު ވިދާޅުވީ ގިނަ ގެބިސީތަކުން ވަރަށް ފުރިހަމަ އަށް އަދި ކޮންމެވެސް މިންވަރަކަށް ކުނި ބައިކުރާ ކަމަށެވެ.

"މިއީ އެންމެ 2 ހަފްތާގެ ނަތީޖާ. އަދި ރަނގަޅުކުރެވޭނެ." ޝައުނާ ވިދާޅުވި އެވެ.

މިނިސްޓަރު އާންމުކުރެއްވި ދެ ޗާޓްގައި ވަނީ ތިން ކުލައަކުން ކުންޏާ މެދު ގޭބިސީތަކުން އަމަލުކުރާ ގޮތް ހިއްސާކޮށްފަ އެވެ.