Last Updated: July 12, 05:49
Saturday, July 12, 2025
ދުނިޔެ

ބައިޑެން ބައިސްކަލުން ވެއްޓިއްޖެ

އެމެރިކާގެ ރައީސް ޖޯ ބައިޑެން ބައިސްކަލުން ވެއްޓިއްޖެ އެވެ.

އުމުރުފުޅުން 79 އަހަރުގެ ބައިޑެން ބައިސްކަލުން ވެއްޓިފައިވަނީ އަނބިކަނބަލުން ޖިލް ބައިޑެންއާ އެކު ބައިސްކަލް ދުއްވާލަން މިއަދު ހެނދުނު ނިކުމެ އުޅުއްވަނިކޮށެވެ. އެ ދެ ކަނބަލުންގެ އަރިހުގައި ގިނަ އަދަދެއްގެ ސެކިއުރިޓީ އެޖެންޓުން ވެސް ތިއްބެވެ.

އެ ސަރަހައްދުގައި ތިބި ނޫސްވެރިންނާއި ވާހަކަފުޅުދައްކަވަމުން ބައިޑެން ވިދާޅުވީ އޭނާގެ ހާލު ރަނގަޅު ކަމަށާއި ބައިސްކަލްގައި ފައި ތާށިވީ ކަމަށެވެ.

ބައިޑެން އާއި ޖިލްގެ ކައިވެންޏަށް އިއްޔެ 45 އަހަރު ފުރިފައިވާއިރު، މިކަން ފާހަގަކުރުމަށް ދެކަނބަލުން އިއްޔެ ވަނީ އެމެރިކާގެ ޑެލަވެއާ ސްޓޭޓަށް ވަޑައިގެންފަ އެވެ.

ބައިޑެން އަކީ އެމެރިކާގެ ރައީސްކަން ކުރައްވާ އެންމެ އުމުރުން ދުވަސްވީ ފަރާތެވެ.