Last Updated: April 26, 23:00
Friday, April 26, 2024
ދުނިޔެ

ފްރާންސްގެ މަހުޖަނަކަށް ޖިންސީ ގޯނާގެ ތުހުމަތު

މިހާރު ވެސް ކުޑަކުއްޖަކު ރޭޕްކޮށް، ކުޑަކުދިން ޓްރެފިކްކުރުގެ މައްސަލައެއްގައި ބެދިފައިވާ ފްރާންސްގެ މަހުޖަނު ޖެކްއެސް ބޯތިއާ އަށް މޮރޮކޯގެ އަންހެނުންތަކެއް ޖިންސީ ގޯނާގެ ތުހުމަތުކޮށްފި އެވެ.

އެ ގައުމުގެ ފަސް އަންހެނަަކު ވަނީ އެ މީހުންނަށް ޖެކްއެސް ޖިންސީ ގޯނާ ކުރި މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ވެސް ހުގަޅައިަ އެވ. މީގެ ތެރޭގައި ހިމެނެނީ 26 އާއި 28 އަހަރާ ދެމެދުގެ މީހުންނެވެ. އެ މީހުން ބުނެފައިވާ ގޮތުގައި ޖެކްއެކްސްގެ ފަރާތުން ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހުނީ މޮރޮކޯގެ ޓެންގިއާ ސިޓީގައި އޭނަގެ ކުންފުނީގެ މަސައްކަތްކުރި އިރު އެވެ. އެއީ 2018 އާއި މި އަހަރުގެ އެޕްރީލް މަހާ ދޭތެރޭގަ އެވެ.

މިކަމާ ގުޅޭ ގޮތުން މޮރޮކަން އެސޯސިއޭޝަން ފޯ ދަ ރައިޓްސް އޮފް ވިކްޓިމްސް ބައިވެރިވެގެން އެ އަންހެނުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ބުނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ތަކުރާރުކޮށް އެ މީހުންނަށް ޖިންސީ ގޯނާކޮށްދައިވާ ކަމަށެވެ. އެގޮތުން އޭނާ އަކީ ގުޅުން ހިންގުމަށާއި ނިދަން ވެސް ދައުވަތު ދީފައިވާ ކަމަށް ނުންޏެވެ. އަދި އެކަމަށް އިންކާރު ކުރުމުން އަގު ބޮޑެތި ހަފިޔާތައް ދޭނެ ކަމަށް ބުނެ ހައްލަން ވެސް އުޅުނު ކަމަށް ބައެއް މީހުން ބުންޏެވެ.

ނަމަވެސް ފްރާންސްގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ 75 އަހަރުގެ ޖެކްއެސް ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ޖެކްއެސް ބުނީ އެއީ ބްލެކްމެއިލްކުރަން ދައްކާ އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.

ޖެކްއެސްގެ މައްޗަށް މޮރޮކޯގެ އަންހެނުންގެ ޖިންސީ ގޯނާގެ ތުހުމަތުކުރާ އިރު، މި އަހަރުގެ ކުރީކޮޅު ފްރާންސްގެ 22 އަހަރުގެ އަންހެނަކު ވެސް ޖެކްއެސްއާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިވެ އެވެ. އޭނަ ބުނެފައިި ވަނީ ފަސް އަހަރު ވަންދެން ޖެކްއެސް އޭނާ ގަދަކަމުން "ގެންގުޅެފައިވާ" ކަމަށެވެ. އެ މައްސަލަ ވެސް މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.