ކަރަން ޖޯހަރުގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ ހަތް ވަނަ ސީޒަން އަންނަ މަހުގެ 7 ގައި ޕްރީމިއާކުރަން ނިންމިކަން އިއުލާންކުރުމަށް ފަހު، ޝޯގެ ޕްރޮމޯއެއް ވެސް ދައްކާލައިފި އެވެ.
އެކަމަކު މި ޕްރޮމޯގައި މި ފަހަރު ފެންނާނެ އެއްވެސް ތަރިއެއްގެ ކުލަވަރެއް ނެތެވެ. އެއިން ފެންނަނީ ޝޯގެ ކުރީގެ އެކިއެކި ސީޒަންތަކުގައި ބައިވެރިވި ބައެއް މެހުމާނުންނެވެ. ނަމަވެސް "ކޮފީ ވިތު ކަރަން 7" ގެ އެންމެ ކުރީކޮޅުގެ އެޕިސޯޑްތަކުން ފެންނާނެކަން ކަށަވަރުވާ ތަރިންގެ ތެރޭގައި ރަންވީރު ސިންގް އާއި އާލިއާ ބަޓް އަދި އަނަންޔާ ޕާންޑޭ އާއި ވިޖޭ ދެވެރަކޮންޑާ ހިމެނެ އެވެ.
މީގެ އިތުރުން "ޕުޝްޕާ" ގެ ތަރިން ކަމަށްވާ އައްލޫ އަރުޖުން އާއި ރަޝްމިކާ މަންދަނާ ވެސް އާ ސީޒަންގެ މެހުމާނުންގެ ގޮތުގައި ފެންނާނެ އެވެ. މީގެ އިތުރުން މަޝްހޫރު އެކިއެކި ތަރިން އެކި އެޕިސޯޑްތަކުން ފެންނާނެ އެވެ.
"ކޮފީ ވިތު ކަރަން 7" މި ފަހަރު ބެލުންތެރިންނަށް ގެނެސްދެނީ ވެބް ޝޯއެއްގެ ގޮތުގައި ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ. ކުރީގެ ހަ ސީޒަން ދެއްކީ ސްޓާ ވޯލްޑުންނެވެ.
މި ޝޯ ގެނެސްދޭން ފެށީ 2004 ގަ އެވެ.