Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

އެސްޓީއޯ އިން ބައްޕައިންގެ ދުވަހަށް ހާއްސަ ޕްރޮމޯޝަނެއް

ބައްޕައިންގެ ދުވަހުގެ މުނާސަބަތުގައި އެސްޓީއޯ އިން ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ ބައްޕައިންގެ ދުވަހުގެ މުނާސަބަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުން ވިއްކާ ބައެއް ބްރޭންޑްތަކުން 10 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން 10 ޕަސެންޓްގެ ޑިސްކައުންޓް ދޭން ނިންމާފައިވަނީ ޕީޕަލްސް ޗޮއިސް ސުޕަމާޓުން ވިއްކާ ފިލިޕްސް އާއި ރެމިންޓަން ބްރޭންޑްގެ ޓްރިމަރާއި ތުނބުޅި ބާލާ ތަކެތިންނެވެ.

މީގެއިތުރުން ބައްޕައާއެކު ފޮޓޯއެއް ނަގައިގެން ހަދިޔާ ހޯދުމުގެ ފުރުސަތު ވެސް އެސްޓީއޯ އިން ވަނީ ހުޅުވާލާފަ އެވެ. އެ ހަރަކާތް މިރޭ 12 ޖެހުމާ ހަމައަށް އޮންނާނެ އެވެ.

އެގޮތުން ޕީޕަލްސް ޗޮއިސްގައި އެކަމަށް ހާއްސަކޮށްފައިވާ ބެކްޑްރޮޕްގައި، ބައްޕައާއެކު ފޮޓޯއެއް ނަގައި ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ހަދިޔާ ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.