މީގެ ހަތް އަހަރު ކުރިން މަރުވި އިންޑިއާގެ މަޝްހޫރު މިއުޒިޝަން އާދޭޝް ޝްރިވަސްތާވްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައިފި އެވެ.
މިއަދު ފާހަގަކުރާ ބައްޕައިންގެ ދުވަހާ ގުޅުވައިގެން ފިލްމު އިއުލާންކޮށް ބުނީ އޭގައި އާދޭޝްގެ ރޯލު ކުޅޭނީ ދޮށީ ފިރިހެން ދަރިފުޅު އަވިތޭޝް ޝްރިވަސްތާވް ކަމަށެވެ. "ލަވް ސްޓޯރީ" ގެ ނަމުގައި އާދޭޝްގެ ބައޮޕިކް އިއުލާންކުރީ މީގެ ދެ އަހަރު ކުރިން އަވިތޭޝްއާ އެކު "ސިރުފް އޭކް ފްރައިޑޭ" ކިޔާ ފިލްމެއް ވެސް އިއުލާންކުރި ދީޕަކް މުކުތުގެ ސޯހަމް ރޮކްސްޓާ އެންޓަޓައިންމަންޓާއި މާންސީ ބަގްލާގެ މިނީ ފިލްމްސް އިންނެވެ.
AADESH SHRIVASTAVA'S BIOPIC ANNOUNCED, SON AVITESH TO STAR IN IT… On the occasion of #FathersDay, producers #DeepakMukut [#SohamRockstarEntertainment] and #MansiBagla [#MiniFilms] team up again… This time for a biopic on late musician #AadeshShrivatava’s love story. pic.twitter.com/j0lJiUTClN
— taran adarsh (@taran_adarsh) June 19, 2022
ނަމަވެސް އާދޭޝްގެ ބައޮޕިކް ޑައިރެކްޓްކުރާނެ މީހަކާއި މަސައްކަތް ފަށާނެ އިރެއް އަދި ހާމައެއްނުކުރެ އެވެ.
#DeepakMukut and #MansiBagla had earlier signed #AviteshShrivastava for his debut project #SirfEkFriday, which is currently in production… The biopic will entail the musician's journey from his younger days, played by his son #AviteshShrivastava.@DeepakMukut @mansibagla
— taran adarsh (@taran_adarsh) June 19, 2022
ކެންސަރު ބަލީގައި އުމުރުން 51 އަހަރުގައި އާދޭޝް މަރުވީ ސެޕްޓެމްބަރު 5، 2015 ގަ އެވެ. އޭނަ އަކީ 1981 ގެ ފިލްމު "ލަވް ސްޓޯރީ" ގެ ބަތަލާ ވިޖޭތާ ޕަންޑިތުގެ ފިރިމީހާ އެވެ. އާދޭޝް އާއި ވިޖޭތާ އަށް ލިބިފައި ވަނީ ދެ ފިރިހެން ކުދިންނެވެ. އެއީ އަވިތޭޝް އާއި އަނިވޭޝް ޝްރިވަސްތާވް އެވެ.
އާދޭޝް ވަނީ 100 އަށް ވުރެ ގިނަ ފިލްމަށް މިއުޒިކް ހަދައި، އާންމުންގެ ތެރޭގައި މަޝްހޫރުވި އެތައް ލަވައެއް ވެސް ކިޔައިފަ އެވެ.