Last Updated: July 5, 20:34
Sunday, July 6, 2025
ޚަބަރު

ގުރައިދޫ ފުޓްބޯޅަ ދަނޑު ހުޅުވައިފި

ކ. ގުރައިދޫގައި ހެދި ފުޓްބޯޅަ ދަނޑު ނައިބު ރައީސް ފައިސަލް ނަސީމު ހުޅުއްވައި ދެއްވައިފި އެވެ.

އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ދަނޑު ހުޅުއްވައި ދެއްވި ކުޅުނު މެޗެއްގައި ވެސް ނައީބު ރައީސް ކުޅުއްވި އެވެ. އެ މެޗްގައި ބައްދަލުކުރީ ރާއްޖޭގެ ކުރީގެ މަޝްހޫރު ބައެއް ފުޓުބޯޅަ ކުޅުންތެރިން ޔޫތު މިނިސްޓްރީގެ ޓީމެއްގެ އިތުރުން ގުރައިދޫން ހޮވާލި ޓީމެކެވެ

ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ ކުޅިވަރުގެ ޒަރިއްޔާއިން މުޖުތަމައުގައި އެކުވެރިކަން އާލާކުރެވޭނެ ކަމަށާއި، އަދި ފާއިތުވެ ދިޔަ ދުވަސްތަކަކީ ރާއްޖޭގެ ކުޅިވަރަށް އެތައް ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާ ދުވަސްތަކެއް ކަމަށް ކަމަށް ވިދާޅުވި އެވެ. އެހެންވެ ގުރައިދޫ ދަނޑަކީ ވެސް ކުޅިވަރުގެ ރޫހާއި ޖޯޝް އާލާވާނެ ތަނަކަށްވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަކީ ކުރިން ގުރައިދު އަށް ވަރަށް ގިނައިން އަންނަ މީހެއް. އެންމެ ކުޑައިރު ވެސް ހަމަ ނަމްބަރު ނަމްބަރު ޖޯޒީ ލައިގެން މިތާ ބޯޅަ ކުޅުނިން. އަނެއްކާވެސް ހަމަ ވިހި ނަމްބަރު ޖޯޒީގައި މި ރަށަށް އައިސް ފުޓުބޯޅަ ދަނޑު ހުޅުވުމުގައި ބައިވެރިވުމަކީ ލިބޭ ބޮޑު އުފަލެއް." ފައިސަލް ވިދާޅުވިއެވެ.

ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ގުރައިދޫ ދަނޑަކީ ވިދާޅުވީ ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ކުޅޭ ވަރުގެ ދަނޑަކަށް ވާބެ ކަމަށެވެ. ދަނޑުގައި ރޮސްޓްރޮމެއްގެ ހަދައި ލައިޓްތައް ވެސް ޖެހުން ކުރިއަށް ދާނެ ކަމަށާއި އޭގެ ގޮތުން ލީގު މެޗުތައް ވެސް އެ ދަނޑުގައި ކުޅެވޭނެ ކަމަށެވެ.

"އަޅުގަނޑު އެފްއޭއެމްއާ ވާހަކަދައްކާނަން މި ދަނޑުގައި މެޗުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖައްސަން. ލީގުގެ މެޗުތައް ވެސް މި ދަނޑުގައި ކުޅެވޭނެ. ރޮސްޓްރޮމް ބައި އިތުރުކޮށް ލައިޓިން ޖެހާނެކަމުގެ އުފާވެރި ހަބަރު މިއަދު ވާނީ ކައުންސިލަށް ދީފައި." މަހްލޫފް ވިދާޅުވި އެވެ.