Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އެމްޓީސީސީން އައްޑު އަށް މިނީ ބަސް ތައާރަފުކުރަނީ

އެމްޓީސީސީން އައްޑޫސިޓީއަށް މިނީ ބަސް ތައާރަފް ކުރަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މިހާރު ހިދުމަތް ދިނުމަށް ނިންމާފައިވާ ހުރިހާ ރަށަކަށްވެސް ބޭނުންވާ ބަސްތައް ގެނައުމަށް އޯޑަރ ކޮށްފައިވާކަމަށެވެ.

ގެންނަ ބަސްތަކުގެ ތެރެއިން ރަށްތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ 20 އާއި 25 މީހުންގެ ޖާގައިގެ މިނީ ބަސްތަކެއް ކަން ފާހަގަކޮށް އާޒިމް ވިދާޅުވީ 34 ބަސް ޚާއްސަ ކޮށްފައިވަނީ އަތޮޅުތަކުގެ ރަށްތަކަށް ކަމަށެވެ.

34 ބަހުގެ ތެރެއިން ސ.ހުޅުމީދޫއަށް 6 ބަސް، ފޭދޫއަށް 14 ބަސް ހާއްސަކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. މީގެއިތުރުން ލ. ގަމަށް 7 ބަސް ފުވައްމުލައް ސިޓީއަށް 5 ބަސް އިސްދޫއާއި ކަލައިދޫއަށް ދެ ބަސް ހާއްސަކޮށްފައިވެއެވެ.

އެމްޓީސީސީން އައްޑޫ ސިޓީގައި ބަހުގެ ހިދުމަތް ދިނުމަށް 50 އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި 1 ވަނަ ދުވަހުއެވެ.