Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

އެސްޓީއޯގެ ހަމަ ހިޓާޗީ ޕްރޮމޯޝަން ފަށައިފި

މުޅި ރާއްޖެއަށް މަގުބޫލް ބްރޭންޑެއް ކަމުގައިވާ "ހިޓާޗީ" އަށް ހާއްސަ ކޮށްގެން އެސްޓީއޯއިން ހަމަ ހިޓާޗީ ނަމުގައި ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އަންނަ އޮގަސްޓު މަހުގެ ނިޔަލަށް ކުރިޔައްދާ މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލް ޗޮއިސް ގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައިވެސް ކުރިއަށްދާނެ އެވެ.

އެސްޓީއޯ އިން ބުނީ ހަމަ ހިޓާޗީ ޕްރޮމޯޝަންގެ ތެރެއިން ހިޓާޗީ ބްރޭންޑްގެ އައިސްއަލަމާރި، ދޮންނަމެޝިން، އެއާ ޕިޔުރިފަޔާ، ޓީވީ، ޕަންޕު، ވެކިއުމް ކްލީނާ، ރައިސްކުކާރ، އަވަން، އަދި އެއާކޯން ހިމެނޭހެން ގިނަ ޕްރޮޑަކްޓްތަކަކަށް 30 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން އެއާކޯން އަދި އައިސްއަލަމާރި ފަދަ ތަކެތި ގެތަކާ ހަމައަށް ގެންގޮސްދިނުން އަދި އެއަރ ކޮންޑިޝަނާރ ހަރުކުރުމުގެ ހިދުމަތް މުޅިން ހިލޭ ލިބޭނެ ކަމަށްވެސް އެސްޓީއޯ އިން ބުނެ އެވެ.

ހަމަ ހިޓާޗީ ޕްރޮމޯޝަންގެ ތެރެއިން ކުރާ ކޮންމެ 1،000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު ނަސީބުވެރިއެއް ހޮވައި އަގުހުރި އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެސްޓީއޯ އިން ބުނެ އެވެ.

އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަން ނިމުމުން ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތު ނަގައި ނަސީބުވެރި ތިން ފަރާތެއް ހޮވައި، ކޮންމެ ފަރާތަކަށްވެސް 50،000 ރުފިޔާ އެސްޓީއޯ ޕީޕަލް ޗޮއިސް ގިފްޓް ވައުޗާއެއް ލިބޭނެ ކަމަށެވެ.
އަދި ހަމަ ހިޓާޗީ ޕްރޮމޯޝަންގެ ތެރެއިން ސޯޝަލް މީޑިއާގައި ހިޓާޗީ ޕްރޮޑަކްޓެއްގެ ފޮޓޯ ޕޯސްޓުކޮށްގެން ކޮންމެ ހަފްތާއަކުވެސް ނަސީބުވެރި ފަރާތެއް ހޮވައި އެފަރާތަށް އަގުހުރި އިނާމު ލިބޭނެ ކަމަށްވެސް އެސްޓީއޯ އިން ބުނެ އެވެ.