Last Updated: July 5, 20:34
Sunday, July 6, 2025
ޚަބަރު

ހަރަދު ކުޑަކުރަން ނަޝީދުގެ ދަތުރުތަކެއް ކެންސަލްކޮށްފި

ހަރަދުތައް ކުރަން ފިނޭންސް މިނިސްޓްރީން މިހާރު އަންގާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދެ ދަތުރެއް ވެސް ކެންސަލްކޮށްފި އެވެ.

މަޖިލީހުގެ މިއަދު ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ހަރަދު ކުޑަކުރަން އަންގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ވެސް ސާކިއުލާއެއް ފޮނުވާފައިވާ ކަމަށެވެ. އެހެންވެ އެއާ އެއްގޮތަށް އަމަލުކުރާނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ހަރަދު ކުޑަކުރުމުގެ ގޮތުން ކެންސަލްކުރެއްވީ އެ މަނިކުފާނަށް ކޮމަންވެލްތާއި އުޒްބަކިސްތާނަށް ވަޑައިގަތުމަށް ލިބިބަޑައިގަތް ދައުވަތު ކަމަށެވެ.

"އަޅުގަނޑު ގަސްތުކުރަނީ މި ދެ ދަތުރު އަޅުގަނޑު ކެންސަލްކޮށްލަން. އެއީ ސާކިއުލާގައި ވަނީ 5،000ރ. އަށް ވުރެ މަތީ ހަރަދެއް ނުކުރާން،" ނަޝީދު ވިދާޅުވި އެވެ. "އެހެންވެ ކޮޅުނބާ ހަމަޔަށް ދެވެން މި އޮތީ."