Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ދަނޑަށް ވަދެގަނެ ހަމަލާދިނުން: ޕީޕީއެމް އޮފީހުން ދިދަ ނެރޭ ފޮޓޯތައް އާންމުވެއްޖެ

ޕީޕީއެމް އޮފީހުން ދިދަތައް ނެރެނީ--

މިއަދު ހެނދުނު ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓަށް ހުރަސްއަޅާ ހަމަލާދިން ހަރަކާތަށް ޕީޕީއެމްގެ އޮފީހުން ދިދަ ނެރޭ ފޮޓޯތަކެއް އާންމު ވެއްޖެއެވެ.

އާންމު ވެފައިވާ ފޮޓޯތަކުން ފެންނަނީ ޕީޕީއެމްގެ އޮފީހުން ފަތިހުގެ ވަގުތެއްގައި އެ ދިދަތައް ނެރެ ބަޔަކާ ހަވާލުކުރާ މަންޒަރެވެ. އަދި އެ ހަރަކާތަށް ބޭނުންކުރި ކަމަށް ބެލެވޭ ސައުންޑް ސިސްޓަމްފަދަ ތަކެތިވެސް ހުއްޓެވެ.

އެ ފޮޓޯތަކުން ފެންނަ ގޮތުގައި މިކަމުގައި އުޅެމުން އައިސްފައިވަނީވެސް ޕީޕީއެމްގެ އިސް ފަރާތްތަކެވެ.

ޕީޕީއެމް އޮފީހުން ދިދަތައް ނެރެނީ–

މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ޔޯގާ ހެދުން ކުރިއަށް ގެންދަނިކޮށް ބަޔަކު އެތަނަށް ގަދަކަމުން ވަދެގަނެ، އެތަނުގައި ހުރި ދިވެހި އަދި އިންޑިއާގެ ގައުމީ ދިދަތަކަށާއި، މީހުންގެ ތަކެއްޗަށް ގެއްލުންދީ މީހުންނަށް ހަމަލާދީފައިވެއެވެ.

މިކަމުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ހަރަކާތްތަކުގައި އުޅޭ ފަރާތްތައްވެސް ބައިވެރިވެފައިވެއެވެ.

2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޔޯގާ ދުވަސް ފާހަގަކުރަމުން އަންނައިރު، އޭރު މި ހަރަކާތް ހުއްޓުވުމަށް ބަޔަކު އުޅެފައި ނުވާތީ މިފަހަރުގެ މި އަމަލަކީ ސިޔާސީ ކަމެއްގެ ގޮތުގައި އަންނަނީ ސިފަ ކުރަމުންނެވެ.