Last Updated: July 6, 22:22
Monday, July 7, 2025
ޚަބަރު

"އާސްކް ސްޕީކަ" ޖޫން 30 ގައި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

"އާސްކް ސްޕީކަރ"ގެ ފަސް ވަނަ ޕްރޮގްރާމް ޖޫން 30 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނެފައިވަނީ އެ އިދާރާގެ ރައީސް މުހައްމަދު ނަޝީދު، ޓީވީއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ބާއްވާ "އާސްކް ސްޕީކަރ" ޕްރޮގްރާމް އޮންނާނީ ޖޫން 30 ވަނަ ދުވަހުގެ ރޭގަނޑު 09:00 ގައި ޕީއެސްއެމް ސްޓޫޑިއޯގައި ކަމަށެވެ.

މި ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ރައީސް ނަޝީދު ޖަވާބު ދެއްވާނެއެވެ.

ރައީސް ނަޝީދާ ސޯޝަލްމީޑިއާ މެދުވެރިކޮށް ސުވާލު ކުރުމަށް ބޭނުންފުޅުވާ ފަރާތްތައް ސުވާލު ޕޯސްޓް ކުރައްވާއިރު #AskSpeaker ބޭނުން ކުރެއްވުމަށް މަޖިލީހުގެ އިދާރާއިން އެދިފައިވެއެވެ.

އަދި ލައިވްކޮށް ސުވާލުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނަން ނޯޓު ކުރެއްވުމުގެ ފުރުސަތު 30 ޖޫންގެ މެންދުރުފަހު 02:00 އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށާއި، ސުވާލުކުރައްވާ ފަރާތުގެ ނަމާއި ކުރެއްވުމަށް ބޭނުންފުޅުވާ ސުވާލު މަޖިލީހުގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރު 7234566 އަށް ފޮނުއްވުމަށް އެދިފައިވެއެވެ.