ބޮލީވުޑްގެ އެކްޓަރު ކާތިކް އާރިޔަން ޗުއްޓީއަކަށް ދާނެ ތަނަކާ ބެހޭ ގޮތުން ފޭނުންގެ ހިޔާލަށް އެދިއްޖެ އެވެ.
އޭނަގެ ކުރިއަށް އޮތް ފިލްމު "ޝެހެޒާދާ" އާ ގުޅުވައިގެން އިސްޓަގްރާމާއި ފޭސްކްގައި ބުނީ ޝެހެޒާދާ އަށް ޗުއްޓީއެއް ބޭނުންވާ ކަމަށާއި ދާނެ ތަނެއްގެ ހިޔާލަށް އެދޭ ކަމަށެވެ. އެއާ ވަރަށް ގިނަ ފޭނުން އެކި ތަންތަނުގެ ލިސްޓެއް ދީފައިވެ އެވެ.
އިންޑިއާގެ ފިލްމީ ތަރިންނަކީ މިހާރު ވަރަށް ގިނައިން ރާއްޖެ އަންނަ ބަޔަކަށްވާތީ ފަހަރުގައި ކާތިކް، 31، ގެ ޗުއްޓީ މަންޒިލަކީ ރާއްޖެ އަށް ވެސް ވެދާނެ އެވެ.
އޭނަ ޗުއްޓީއަކަށް ދާން ތައްޔާރުވަނީ އެންމެ ފަހުގެ ފިލްމު މިދި މަހު ރިލީޒްކުރި ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" އަށް ބޮޑު ތަރުހީބެއް ލިބި، ފިލްމުގެ ކާމިޔާބީ ވެސް އަމިއްލަ އަށް ފާހަގަކުރުމަށް ފަހު އެވެ. މި ފިލްމަކީ މި އަހަރުގެ މިހާތަނަށް ހިންދީ ސިނަމާ އަށް އައި އެންމެ ކާމިޔާބު އެއް ފިލްމެވެ. އަނީސް ބަޒްމީ ޑައިރެކްޓްކުރި "ބޫލް ބުލައްޔާ 2" ގެ ޖާދޫގައި އަދިވެސް ބެލުންތެރިން ޖެހިފައިވާ އިރު، ފިލްމަށް މިހާތަނަށް 260.75 ކްރޯޑް ރުޕީސް (33.4 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެ އެވެ.
ކާސްޓްގައި ކިއާރާ އަދުވާނީ އާއު ތައްބޫ ވެސް ހިމެނޭ ފިލްމި ހެދީ 80 ކްރޯޑް ރުޕީސް (10.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.
ކާތިކްގެ "ޝެހެޒާދާ" ސިނަމާތަކަށް ގެންނަން އޮތީ ނޮވެމްބަރު މަހުގެ 4 ގަ އެވެ. އޭނަގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ފްރެޑީ" އާއި "ކެޕްޓަން އިންޑިއާ" އަދި "ސަތިއަނާރަޔަން ކީ ކާތާ" ހިމެނެ އެވެ.