Last Updated: July 1, 23:03
Wednesday, July 2, 2025
ދުނިޔެ

އޮބާމާ ސްޕޮޓިފައި ދޫކޮށްލައި އޯޑިބަލް އަށް

އެކި ދާއިރާތަކުން ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ދެކަނބަލުން ސްޕޮޓިފައިއާ ގުޅިގެން ކުރައްވަމުން ގެންދެވި މަސައްކަތް ހުއްޓަވާލައްވަން ނިންމަވައި އެމެޒޯންގެ އޯޑިބަލްއާ ގުޅިވަޑައިގެންފި އެވެ.

އޯޑިއޯބުކެއްގެ ގޮތުގަ އާއި ތަފާތު އެކި ކަހަލަ ޕޮޑްކާސްޓް ޝޯތައް ގެނެސްދޭ މަޝްހޫރު، އޯޑިބަލް އާއި އޮބާމާގެ ކުންފުނި ހަޔާ ގްރައުންޑް ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް މިކަމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ. އޯޑިބަލްގެ ވަރަށް ގިނަ ކޮންޓެންޓްތައް ހިލޭ ގެނެސްދިނަސް އޮބާމާއާ އެކު ކުރިއަށް ގެންދާ ކޮންޓެންޓްތައް ހިލޭ އަޑުއަހާލެވޭނެތޯ ނޫންތޯ އަދި ކަށަވަރެއް ނުވެ އެވެ.

އޯޑިބަލްގައި ފީއެއް ދައްކަން ޖެހޭ ޕްރީމިއަމް ސާވިސްއެއް ވެސް ހިމެނެ އެވެ. އެއީ މަހަކު 7.95 ޑޮލަރު ފީއެއް ނަގާ ހިދުމަތެކެވެ.

އާ އެއްބަސްވުމާ ބެހޭ ގޮތުން އޮބާމާ ވިދާޅުވީ އޯޑިބަލްއާ ގުޅިވަޑައިގެން ކުރެވޭ މަސައްކަތްތަކުގެ ސަބަބުން އޭނާ ކުރައްވަން ބޭނުންވެވަޑައިގަންނަވާ މަސައްކަތް އިތުރަށް ހަރުދަނާވެ ފުރިހަމަވާނެ ކަމަށެވެ.

"އަދި ކުރިއަށް ވުރެ ފުޅާކޮށް މަސައްކަތްކުރެވޭ މަސައްކަތުގެ ސަބަބުން އެތައް ބަޔަކަށް ފައިދާކުރާނެ ކަމަށް ގަބޫލުކުރަން." އޮބާމާ ވިދާޅުވި އެވެ.

ސްޕޮޓިފައިއާ އެކު އޮބާމާ ހަދާފައި އޮތް އެއްބަަސްވުމުގެ މުއްދަތު މި އަހަރުގެ އޮކްޓޯބަރަށް ހަމަވާނެ އެވެ. އެ އެއްބަސްވުން ހެދީ 2019 ގަ އެވެ. އެގޮތުން ސްޕޮޓިފައި އިން ގެނެސްދިން އޮބާމާ ކުންފުނީގެ ފުރަތަމަ ކޮންޓެންޓަކީ އަނބިކަނބަލުން މިޝޭން އޮބާމާ 2020 ގެ މެދުތެރޭގައި ގެނެސްދިން "ދަ މިޝެލް އޮބާމާ ޕޮޑްކާސްޓް" އެވެ.