އައްޑޫ ސިޓީގައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުގެ އޮފީސްތަކަށް ހާއްސަކޮށްގެން ބާއްވާ "ދި ފޭދޫ ސްޕޯޓްސް ފުޓްސަލް ކަޕް 2022"ގެ ސެމީފައިނަލް މެޗުތައް މިރޭ އޮންނާނެ އެވެ.
ދި ފޭދޫ ސްޕޯޓްސްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތް ކުރިއަށްދާނީ އައްޑޫ ސިޓީ ފޭދޫ ދަނޑުގަ އެވެ.
މި މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ 9 ޖަހާއިރު ބައްދަލުކުރާނީ ފެނަކަ އާއި ރެޖިސް އެފްސީ އެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކްލަބް އެމްޓީސީސީ އާއި ޔުނައިޓެޑް ބީއެމްއެލް އެވެ. އެ މެޗު ފަށާނީ މިރޭ 10 ޖަހާއިރު އެވެ.
މި ދެ މެޗު ވެސް "އައްޑޫލައިވް" ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ ކަމަށްވާއިރު ކޯ ސްޕޮންސަރަކީ ސައުތް ޕާމް ރިސޯޓެވެ.