Last Updated: June 12, 10:40
Friday, June 12, 2026
ޚަބަރު

ދާންދޫ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ

ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން

ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހީމްގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހީމް އަމަލީގޮތުން ވިޔަފާރީގެ މުއާމަލާތްތަކުގައި ބައިވެރިވެވަޑައިންނަވާކަމަށް ތުހުމަތުކޮށް ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން އެކަން ތަހުޤީޤުކުރުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއިން ނިންމާފައިވާތީ، މައްސަލަ ތަހުޤީޤުކުރުމަށް ތަހުޤީޤު ކޮމިޓީ އެކުލަވާލެވިފައިވާ ކަމަށެވެ.