Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑަނީ

ވެރިރަށް މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނުގެ ބައެއް ގަޑިތަކުގައި ކަރަންޓް ކެނޑޭނެ ކަމަށް ސަރުކާރުގެ މައި ކަރަންޓު ކުންފުނި، ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑްގައި ކޮންމެހެން ވެސް ކުރަންޖެހޭ މަސައްކަތެއް މާދަމާ ހެނދުނު 6:30 އާއި 7:30 އާއި ދެމެދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަސައްކަތް ކުރިއަށްދާއިރު ބައެއް ސަރަހައްދުތަކުން 10 މިނެޓެއްހާއިރަށް ކަރަންޓްގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފަ އެވެ.

މާލޭގެ ބޮޑު ބަޔަކުން ދާދިފަހުން ކަރަންޓް ގޮސްފައިވާއިރު، އެފަހަރު ކަރަންޓް ކެނޑުނީ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.