Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

ނޫސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދަނީ

ފުލުހުންގެ ފަރާތުން ނޫސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއެކު މިއަދު މަޝްވަރާކޮށްފި އެވެ.

އެމްޖޭއޭ އިން ބުނީ މިއަދުގެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ނޫސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދަން ވޯކިން ގްރޫޕެއް އެކުލަވާލާ މަސައްކަތްތަކެއް ކުރުމަށާއި މުޒާހަރާތަކާއި އެއްވުންތައް ކަވަރުކުރާ ނޫސްވެރިންނަށް ދިމާވާ ހުރަސްތައް ކުޑަކުރުމާ މެދު މަޝްވަރާ ކުރެވުނު ކަމަށެވެ.

މި ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމުގައި ފުލުހުންގެ މީޑިއާއިން މިހާރަށް ވުރެ ޕްރޮއެކްޓިވް ރޯލެއް އަދާކޮށް ހާމަކަމާއި، ހަމަހަމަކަމާ އެކު މައުލޫމާތު ހާމަކުރަމުން ގެންދިޔުމަށް ވެސް މަޝްވަރާ ކުރެވުނު ކަމަށް އެމްޖޭއޭ އިން ބުނެ އެވެ. އަދި ނޫސްވެރިންގެ ޕްރޮފެޝަނަލިޒަމް ރަނގަޅުކުރަން ކުރެވިދާނެ މަސައްކަތްތަކާއި މެދު ވެސް މަޝްވަރާކޮށްފައިވެ އެވެ.

މި ބައްދަލުވުމުގައި ފުލުހުންގެ ކިބައިން ނޫސްވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރަން ނޫސްވެރިންނާ މިހާރަށް ވުރެ ބޮޑަށް ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ސީޕީ ހަމީދު ދެއްވާފައިވާ ކަމަށް އެމްޖޭއޭ އިން ބުނެ އެވެ.