Last Updated: July 5, 20:34
Sunday, July 6, 2025
ޚަބަރު

ހިސްޓޯއަށް ޕީއެންސީގެ އެސްޖީކަން ދީފި

ޝިފާޤް މުފީދް (ހިސްޓޯ). ފޮޓޯ: ސަން

ފުވަައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޝިފާގް މުފީދު (ހިސްޓޯ) އަށް ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމު ދީފި އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ހިސްޓޯ އެ މަގާމަށް ހަމަޖެއްސީ މިއަދު ބޭއްވި ޕީއެންސީގެ ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ. ހިސްޓޯ ދާދިފަހަކާ ޖެހެންދެން ހުންނެވީ ޕީޕީއެމްގަ އެވެ.

އެގޮތުން ހިސްޓޯ ވަނީ މިދިޔަ ހަފްތާގައި ބޭއްވި ޕީޕީއެމްގެ ކައުންސިލް އިންތިހާބުގައި ވެސް ވާދަކޮށްފަ އެވެ. ނަމަވެސް ހިސްޓޯ ކައުންސިލަށް ހޮވިފައި ނުވާއިރު އޭނާ އަށް ލިބުނީ 18 ވޯޓެވެ.

ހިސްޓޯ އަކީ މީގެކުރިން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގައި ވެސް މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ.