Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

އެސްޓީއޯއިން ތެލުގެ އަގު ބޮޑުކޮށްފި

ފޮޓޯ: މިހާރު

އެސްޓީއޯ އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި އެވެ.

އެސްޓީއޯއިން ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު އަދިވެސް ދަނީ އުފުލެމުން ކަމަށާއި އެގޮތުން މިއަދުން ފެށިގެން ތެލުގެ އަގަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ގެނެސްފައިވާ ބަދަލާއެކު، ޑީސަލް ލިޓަރެއްގެ އަގު 16.77ރ. އަދި ޕެޓްރޯލް ލިޓަރެއްގެ އަގު 16.55ރ. އަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.