Last Updated: July 10, 11:04
Thursday, July 10, 2025
ޚަބަރު

ޕާކިސްތާނުން ލެޕްޓޮޕްތަކެއް ހަދިޔާކޮށްފި

ޕާކިސްތާނުން ރާއްޖެ އަށް ލެޕްޓޮޕްތަކެއް ހަދިޔާކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަނުން ލެޕްޓޮޕްތަކެއް ހަދިޔާކުރީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒަށް ކަމަށެވެ. ޕާކިސްތާނު ހައިކޮމިޝަންގެ ފަރާތުން ލެޕްޓޮޕްތައް ހަވާލުކޮށްދެއްވީ ހައިކޮމިޝަނަރ ވައިސް އެޑްމިރަލް ރިޓަޔާޑް އަޠްހަރް މުޚްތާރެވެ.

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒަށް ލެޕްޓޮޕްތައް ހަދިޔާ ކުރުމާ ގުޅިގެން އެކަން ފާހަގަކުރައްވައި އެ މަރުކަޒުގެ ފަރާތުން ހައިކޮމިޝަނަށް ހަނދާނީ އައްޑަނައެއް ވަނީ އަރުވާފައިވެ އެވެ. މި އައްޑަނަ ހަވާލުކުރެއްވީ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު އިލްޔާސް ޖަމާލެވެ.

އޭނާ ވަނީ ޕާކިސްތާނުން ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރްކަޒާ ބާއްވާ ގާތްގުޅުން ދެމެހެއްޓުމުގެ މުހިންމު ކަންފާހަގަކުރައްވައި މި ގުޅުމުގެ ސަބަބުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒަށް ވަރަށް އުޖާލާ އުންމީދީ ކުރިމަގެއް ލިބިގެން ދިއުމަށް ތަޞައްވަރު ކުރެވޭ ކަމުގައި ވިދާޅުވެފަ އެވެ. އަދި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ކުރިމަގު އުޖާލާކުރުމަށް ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރު ދެންނެވި އެވެ.