Last Updated: April 26, 20:24
Friday, April 26, 2024
ވިޔަފާރި

ނެޓްފްލިކްސްގެ އިތުރު 300 މީހަކު ދޫކޮށްލައިފި

ބޭނުންކުރާ މީހުންގެ އަދަދު ދަށްވަމުންދާތީ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ނެޓްފްލިކްސް އިން އަނެއްކާ ވެސް އިތުރު .300 މީހަކު ވަޒީފާ އިން ވަކިކޮށްފި އެެވެ.

އެ ކުންފުނިން މިދިޔަ މަހުގެ ތެރޭގައި ވެސް 150 މީހަކު ވަކިކޮށްފައިވެ އެވެ. ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމުން ޕްލެޓްފޯމަށް ހީވެސް ނުކުރާ ވަރުގެ ބޮޑު ވެއްޓުމަކާ ކުރިމަތިލާން ޖެހިފައިވާތީ ހަރަދުތައް ކުޑަކުރަން ކުރަމުން އަންނަ ކަންކަމުގެ ތެރެއިން ދެވަނަ ބުރަކަށް ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަކިކިރު، މީގެ ތެރޭގައި ގިނައީ އެމެރިކާގެ މުވައްޒަފުންނެވެ. އަދި އެ ގައުމުގެ އިތުރު 300 މުވައްޒަފުން ވަކިކުރި އިރު، މިއީ މުވައްޒަފުންގެ ހަތަރު ޕަސެންޓެވެ.

ނެޓްފްލިކްސް އިން ބުނި ގޮތުގައި މުވައްޒަފުން މަދުކުރަމުން ދިޔަ ނަމަވެސް ކުންފުނީގެ މައިގަނޑު ހިންގުމުގެ ދާއިރާ އަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރާނެ އެވެ. އެގޮތުން ދެން މުވައްޒަފުން ނަގާނީ ކޮންމެހެން މުވައްފަޒަފުން ބޭނުންވާ ޑިޕާޓްމަންޓްތަކަށް އެކަނި ކަމަށް ވެސް ބުންޏެވެ.

މިފަދަ ފިޔަވަޅުތަކެއް އަޅަން ފެށީ ސަބްސްކްރައިބަރުންގެ އަދަދު ވަރަށް ބޮޑަށް ދަށްވާން ފެށުމާ ގުޅިގެންނެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 200،000 ސަބްސްކްރައިބަރުން ގެއްލިފައިވާ އިރު، ނެޓްފްލިކްސް އިން އަންޒާދާކޮށްފައިވާ ގޮތުގައި އަހަރު ނިމުމުގެ ކުރިން އިތުރު 2.5 މިލިއަން ކަސްޓަމަރުން ގެއްލޭނެ އެވެ.