Last Updated: April 26, 10:52
Friday, April 26, 2024
ދުނިޔެ

ޓިކްޓޮކްގެ ރެކޯޑް ޝާލީ އަށް ގެއްލިއްޖެ

މިހާތަނަށް ޓިކްޓޮކްގައި އެންމެ ގިނަ ފޮލޯވަރުންނާ އެކު ދުނިޔޭގެ ރެކޯށް ފޮތުން ޖާގަ ހޯދި އެމެރިކާގެ ޝާލީ ޑި އެމީލިއޯ އަށް އެ ރެކޯޑް ގެއްލިއްޖެ އެވެ.

ނެށުމުގެ ހުނަރާއި ބިއުޓީއާ ގުޅޭ ކޮންޓެންޓްތައް ގެނެސްދީގެން އާންމުންގެ ސަމާލުކަން ހޯދި އެމެރިކާގެ ކަނެކްޓިކަށް އުފަން 18 އަހަރުގެ ޝާލީ ޓިކްޓޮކްގައި އެންމެ ގިނަ ފޮލޯވަރުން ތިބި މީހާގެ ރެކޯޑް ލިބުނީ 2020 ގެ މާޗް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އޭނަ އެ ރެކޯޑް ދަމަހައްޓަމުން އައި ނަމަވެސް ރެކޯޑް ގެއްލުނީ އިޓަލީގެ "ހިމޭން" ޓިކްޓޮކާ ހެދި އެވެ.

އުމުރުން 22 އަހަރުގެ "ސައިލެންޓް ކޮމީޑިއަން" ކަބާނީ "ކަބީ" ލޭމްގެ ފޮލޯވަރުންގެ އަދަދު މިހާރު 143.3 މިލިއަނަށް އަރަ އެވެ. ޝާލީގެ ފޮލޯވަރުންގެ އަދަދަކީ މިހާރު 142.4 މިލިއަނެވެ. ކަބީ ޓިކްޓޮކްގައި އެއްވެސް ވާހަކައެއް ނުދައްކައި، އާންމުންގެ ތެރޭގައި މަގުބޫލުކަން ހޯދި މީހެކެވެ. އޭނަގެ ހާއްސަ ކަމަކީ ހަމައެކަނި އިޝާރާތުންކުރާ ކަންކެމެވެ. ކަބީ އަށް "ސައިލެންޓް ކޮމީޑިއަން" ލަގަބު ލިބުނީ ވެސް އެ ސަބަބާ ހުރެ އެވެ.

@khaby.lame If @50 Cent had to do a casting in the 19th century. 🤣 #learnfromkhaby #learnontiktok @tiktok @tiktokcreators ♬ sonido original – 0riginal_G7

ޝާލީ އަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ރެކޯޑް ގެއްލުނު އިރު، ޓިކްޓޮކްގެ ސަބަބުން ލިބުނު މަޝްހޫރުކަމުގެ ސަބަބުން އޭނަ އަކީ މިދިޔަ އަހަރު އެ ޕްލެޓްފޯމުން އެންމެ ބޮޑު އާމްދަނީއެއް ހޯދި މީހާ ވެސް މެ އެވެ. ޝާލީ އަށް އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 17.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

@charlidamelio here are a few of my favorite things for you to decorate, work, study, stay organized and everything in between from @Amazon #founditonamazon #amazon #ad ♬ Aesthetic – Tollan Kim

އޭނަ އަށް ލިބުނު މަޝްހޫރުކަމުގެ ސަބަބުން "ދަ ޑި އެމީލީއޯ ޝޯ" ގެ ނަމުގައި ހުލޫ އަށް ޝާލީގެ އާއިލީ މެމްބަރުންނާ އެކު ސީރީޒެއް ވެސް ގެނެސްދީފައިވެ އެވެ.