Last Updated: April 26, 06:56
Friday, April 26, 2024
މުނިފޫހިފިލުވުން

އަނެއްކާ ވެސް ވިކްރަމްގެ ބިރުވެރި ފިލްމެއް

"ރާޒް" ފަދަ ކާމިޔާބު ބިރުވެރި ފިލްމުތަކެއް ގެނެސްދިން ބޮލީވުޑްގެ ޑައިރެކްޓަރު ވިކްރަމް ބަޓް އަނެއްކާ ވެސް ބެލުންތެރިން ބިރުގަންނުވައިލަން ތައްޔާރުވެއްޖެ އެވެ.

ސަންސްޕެންސުން ފުރިގެންވާ ޝައުގުވެރި އެތައް ހާދިސާތަކަކާ އެކު އޭނަ މި ފަހަރު ބެލުންތެރިންނަށް ގެނެސްދެނީ ލޯބީގެ ބިރުވެރި ފިލްމު "ޖުދާ ހޯކޭ ބީ" އެވެ. މީގެ ޓްރެއިލާ ވެސް މިހާރު އާންމުކޮށްފައިވާ އިރު، މިއީ ސިނަމާތަކުގެ ގޮނޑިތަކުގައި ބެލުންތެރިން ތަތްކޮށްލާ ކަހަލަ ފިލްމަކަށްވާނެކަމުގެ ކުލަވަރު ބޮޑެވެ.

އެކަމަކު އަންނަ މަހުގެ 15 ގައި ރިލީޒްކުރާ ފިލްމުގެ ކާސްޓްގައި މާ މަޝްހޫރު ތަރިންތަކެއް ނުހިމެނެ އެވެ. "ޖުދާ ހޯކޭ ބީ" ގެ ލީޑް ތަރިންނަކީ މީގެ ކުރިން ބައެެއް ފިލްމުތަކާއި ވެބް ސީރީޒްތަކުން ވެސް ފެނިފައިވާ އަކްޝޭ އޮބެރޯ އާއި އައިންދުރިތާ ރޭގެ އިތުރުން މެހެރުޒާން މަޒުދާ އެވެ.

ވިކްރަމް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ ޓީވީ ބަތަލާ ހީނާ ޚާން ބޮލީވުޑަށް ތައާރަފުކުރި 2020 ގެ ސައިކޮލޮޖިކަލް ތުރިލާ "ހެކްޑް" އެވެ.