Last Updated: April 18, 22:36
Friday, April 19, 2024
ދުނިޔެ

އުމުރު ކަށަވަރުކުރަން އާ ފީޗާތަކެއް

އުމުރު އޮޅުވާލައިގެން ކުޑަކުދިން އިންސްޓަގްރާމް ބޭނުންކުރާ މައްސަލަ ހައްލުކުރުމުގެ ގޮތުން އުމުރު ކަށަވަރުކުރަން އާ ދެ ފީޗާއެއް ޓެސްޓްކުރަން ފަށައިފި އެވެ.

ފޭސްބުކް ވެސް ހިންގާ މެޓަގެ ދަށުން ހިންގަމުން އަންނަ އިންސްޓަގްރާމުން ބުނީ އެ ދެ ފީޗާ ޓެސްޓްކުރުމުގެ މަސައްކަތް އެންމެ ފުރަމަ ފެށީ އެމެރިކާގައި ކަމަށެވެ. މި ދެ ފީޗާގެ ތެރެއިން އެއް ފީޗާ އަކީ އުމުރު ކަށަވަރުކޮށްދޭން އެކައުންޓެއް ހަދާ މީހާގެ ސެލްފީ ވީޑިއޯއެއް އަޕްލޯޑްކުރުމުން، މޫނުމަތީގެ ފީޗާތަކަށް ބިނާކޮށް އުމުރު ކަށަވަރުކިުރުމެވެ. އަދި އެގޮތަށް އުމުރު ކަށަވަރުކުރުމަށް ފަހު އެ ވީޑިއޯއެއް މެޓަ އިން ޑިލީޓްކޮށްލާނެ އެވެ.

އަނެއް ފީޗާ އަކީ އެކައުންޓެއް ހަދާ ނަމަ މިއުޗްއަލް ތިން ރައްޓެއްސަކު ސެލެކްޓްކުރުމެވެ. އަދި އެ ތިން މީހުންނަކީ 18 އަހަރުން މަތީގެ މީހުންނަށް ވާން ޖެހޭނެ އެވެ.

މި ދެ ފީޗާގެ އެހީގައި އިންސްޓަގްރާމް އެކައުންޓް ހަދާ މީހުންގެ އުމުރު ކަށަވަރުކުރުމުގެ ޓެސްޓިން މަރުހަލާ ފެށީ އޮންލައިންކޮށް މިފަދަ ވެރިފިކޭޝަޝަންތައް ހަދާ ޓެކް ކުންފުނި، ޔޯޓީއާ ގުޅިގެން ކަމަށް ވެސް އިންސްޓަގްރާމުން ބުންޏެވެ.

އިންސްޓަގްރާމަކީ އުމުރުން 13 އަހަރުން މަތީގެ މީހުންނަށް ހާއްސަ އެއްޗަކަށް ވިޔަސް، އުމުރު އޮޅުވާލައިގެން އެ ބޭނުންކުރާ ކުދިން އިތުރުވާތީ އެކަން ހައްލުކުރަން މީގެ ކުރިން ވެސް އެކި ކަހަލަ ފިޔަވަޅުތައް އަޅާފައިވެ އެވެ. ކުޑަކުދިން އިންސްގްރާމަށް ބޮޑު ޝައުގުވެރި ކަމެއްދޭތީ 13 އަހަރުން ދަށަށް އިންސްޓަގެ ވާޝަނެއް ހަދަން 2020 ގައި އިއުލާން ވެސް ކުރި އެވެ. އެކަމަކު ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި ނަފުސާނީ މައްސަލަތަކަށް ހޭލުންތެރިކަން އުފައްދާ ޖަމާއަތްތަކުން އެކަމާ ދެކޮޚަށް އަޑުއުފުލަން ފެށުމުން މެޓަ އިން ވަނީ ކުޑަކުދިންގެ އިންސްޓަ އެޕްގެ މަސައްކަތް މަޑުޖައްސާލައިފަ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އިންސްޓަގްރާމްގެ ސަބަބުން ކުޑަކުދިންގެ ނަފުސާނީ ދުޅަހެޔޮ ކަމަށް ވަރަށް ނޭދެވޭ އަސަރުކުރެ އެވެ.