Last Updated: April 27, 09:06
Saturday, April 27, 2024
ޚަބަރު

ގުޅި އަށް 65 ޓަނުގެ އާރްއޯ ޕްލާންޓެއް

ކ. ގުޅިއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކުރަން އެ ރަށަށް މިހާރު 65 ޓަނުގެ އާރްއޯ ޕްލާންޓެއް ގެންގޮސްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ އިއްޔެ ގެންދިޔަ ޕްލާންޓް މި ހަފުތާގެ ތެރޭގައި ކޮމިޝަންކުރެވި، ބޭނުން ކުރަން ފެށުމާ އެކީ ގުޅީގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު، ފުރިހަމަ ހިދުމަތެއް ލިބެން ފަށާނެ ކަމަށެވެ.

ސްޓެލްކޯ އިން ގުޅީގެ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހަވާލުވި އިރު، އެ ރަށުގައި ބެހެއްޓިފައިވާ 40 ޓަނުގެ ދެ އާރުއޯ ޕްލާންޓުން ރަށަށް ބޭނުންވާ ވަރަށް ފެން އުފައްދާ ފޯރުކޮށް ދިނުމަށް ދަތިތަކެއް ދިމާވަމުންދާ ކަމަށް ބުންޏެވެ. އެހެންވެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށް ނުދެވޭތީ މިހާރު ގެންދިޔަ ޕްލާންޓާ އެކު މައްސަލަ ހައްލުވާނެ ކަމަށް ބުންޏެވެ.