Last Updated: April 16, 17:11
Tuesday, April 16, 2024
މުނިފޫހިފިލުވުން

"އޭކް ވިލަން ރިޓާންސް" ގެ ޕޯސްޓަރުތަކެއް

އަންނަ މަހުގެ ފަހުކޮޅު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "އޭކް ވިލަން ރިޓާންސް" ގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

މޯހިތު ސޫރީ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ޕޯސްޓަރުތަކެއް އާންމުކުރީ އޭގެ ލީޑް ހަތަރު ކާސްޓުންގެ ޕޯސްޓަރުތައް ވަކިވަކިންނެވެ. އެ ތަރިންނަކީ ޖޯން އަބްރަހަމާއި ޑިޝާ ޕަޓާނީ އާއި އަރުޖުން ކަޕޫރްގެ އިތުރުން ތާރާ ސުތާރިއާ އެވެ.

ޝޫޓިން ނިންމައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަންގައި އޮތް "އޭކް ވިލަން ރިޓާންސް" އަކީ "އާޝިގީ 2" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން މޯހިތުގެ 2014 ގެ "އޭކް ވިލަން" ގެ ސީކްއެލް އެވެ. އެކަމަކު މި ފަހަރު ކުރީ ފިލްމުގެ މައިގަނޑު ކާސްޓެއް އާ ފިލްމުގައި ނުހިމެނެ އެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "އޭކް ވިލަން" ގެ ތަރިންނަކީ ސިދާތު މަލްއުތުރާ އާއި ޝްރަދާ ކަޕޫރްގެ އިތުރުން ރިތޭޝް ދޭޝްމުކެވެ.

އެކްޝަން ތުރިލާގެ ޖޯންރާގެ "އޭކް ވިލަން ރިޓާންސް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ 29 ގަ އެވެ. މޯހިތު އެންމެ ފަހުން ގެނެސްދިނީ ޑިޝާ ބަތަލާގެ ރޯލު ކުޅުނު 2020 ގެ "މަލަންގް" އެވެ.