Last Updated: May 8, 18:00
Wednesday, May 8, 2024
މުނިފޫހިފިލުވުން

ތިން ފަހަރަކަށް ކައިވެނި ޕްލޭންކުރެވުނު: ސުޝްމިތާ

ތިން ފަހަރެއްގެ މަތިން ކައިވެނި ޕްލޭންކުރެވުނު ކަމަށާއި އެކަމަކު ކައިވެނި ނުކުރެވުނީ ބައިވެރިންނާ މެދު ޖެހުނު މައްސަލަތަކެއްގެ ސަބަބުން ކަމަށް ސުޝްމިތާ ސެން ބުނެފި އެވެ.

އުމުރުން މިހާރު 46 އަހަރުގެ ސުޝްމިތާ ފާހަގަކުރެވިފައި ވަނީ މިހާތަނަށް ވަރަށް ގިނަ ބަޔަކާ ލޯބީގެ ގޮތުން ގުޅުނު ބަތަލާއެއްގެ ގޮތުގަ އެވެ. އެގޮތުން 1994 ގެ މިސް ޔުނިވާސް އެންމެ ފަހުން ލޯބީގެ ގުޅުމެއް ބޭއްވި ދާދި ފަހުން އެ ގުޅުމުގައި ސިއްކަ ޖެހުނު އަދި އޭނަ އަށް ވުރެ 15 އަހަރު ހަގު މޮޑެލް/އެކްޓަރު ރަހުމާން ޝޯލް އެވެ. ސުޝްމިތާ ރައްޓެހިވި މީހުންގެ ތެރޭގައި ޑައިރެކްޓަރު ވިކްރަމް ބަޓާއި ޑައިރެކްޓަރު މުދައްސަރު އަޒީޒު ވެސް ހިމެނެ އެވެ.

އަކްޝޭ ކުމާރުގެ އަންހެނުން ޓްވިކަންކަލް ކަންނާގެ "ޓްވީކް" ޝޯގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ސުޝްމިތާ ވަނީ އޭނާގެ ގުޅުންތަކާ ބެހޭ ގޮތުން ބައެއް ވާހަކަތައް ހިއްސާކޮށްފަ އެވެ. އަދި މިހާތަނަށް ވަރަށް ރަނގަޅު މީސްމީހުންނާ ގުޅުންތަކެއް ބޭއްވުނު ކަމަށް ވެސް ބުންޏެވެ.

ސުޝްމިތާ އަކީ ވަރަށް ޒުވާން އުމުރުގައި ދެ އަންހެން ކުދިން ވެސް އެޑޮޕްކޮށްފައިވާ މީހެކެވެ އެއީ މިހާރު 21 އަހަރުގެ ރެނީ ސެން އާއި 12 އަހަރުގެ އަލީސާ ސެން، 12 އެވެ. ކައިވެންޏަކާ ހަމައަށް މިހާތަނަށް ނުދެވުނީ އެޑޮޕްޓްކުރި ދަރިންނާ ހެދިތޯ ސުވާލުކުރުމުން ސުޝްމިތާ ބުނީ އެކަން ދުވަހަކު ވެސް މައްސަލައަކަށް ނުވާ ކަމަށެވެ.

"ހަމަ ޔަގީނުން ވެސް އަހަރެން ކައިވެނި ނުކޮށް ހުރުމާ އެޑޮޕްޓެޑް ދަރިންނަކާ އެއްވެސް ގުޅުމެއް ނެތް. ފާހަގަކޮށްލަން ޖެހޭ ކަމަކީ އަހަރެންގެ ހަޔާތަށް އައި ވަރަށް ގިނަ މީހުންނާއި އަހަރެންގެ ދަރިންނާ ދެމެދު ވެސް ގާތް ގުޅުމެއް އޮތްކަން. އަހަރެންގެ ހަޔާތަށް އަންން ކޮންމެ މީހަކު ވެސް އެ ކުދިން ވަރަށް އަފަލާއި އިހުތިރާމާ އެކު ބަލައިގަނޭ،" ސުޝްމިތާ ބުންޏެވެ. "އަނެއްކާ އަހަންނާ ގުޅުނު ބައެއް މީހުން އެ ކުދިންނާ ވެސް ވަރަށް ބޮޑު ގާތް ކަމެއް ވެސް ބޭއްވި. އެހެންވީމަ ކައިވެންޏަކާ ހަމައަށް ނުދެވުމާ ދަރިންނާ ގުޅުވޭނެ ގޮތެއް ނެތް."

އޭނާ ކިޔައިދިން ގޮތުގައި މިހާތަނަށް ރައްޓެހިވި މީހުންގެ ތެރެއިން ތިން މީހަކާ ކައިވެނިކުރާ ހިސާބަށް ވެސް ދިޔަ އެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ވެސް ކައިވެންޏަކުން ސަލާމަތްވީ ކަމަށް ބުންޏެވެ.

"އެކަމަކު އެއީ ކޮން ބައެއް ކަމާއި ކީއްވެގެން ކަމެއް އެ ވާހަކައިގެ ތަފުސީލަކަށް ނުދެވޭނެ." ސުޝްމިތާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ހަޔާތުގެ ބައިވެރިޔަކި ނެތަސް އެއީ މާ ބޮޑ ފަޅު ކަމެއް ނޫނެވެ. ސަބަބަކީ އެއްވެސް އިރެއްގައި އެއްވެސް މީހެއްގެ މައްޗަށް އެއްވެސް ކަމެއްގައި ބަރޯސާވުމުގެ އާދައެއް ނެތުމެވެ.

"އެހެންވީމަ އަހަންނަކީ އަދި މީހަކާ ލޯބީގެ ގޮތުން ގުޅުނަސް އެ މީހެއްގެ ފަރާތުން އެއްވެސް ކަމަކަށް އެކްސްޕެކްޓްކުރާ މީހެއް ނޫން. އެކަން އަހަރެންނާ ގުޅުނު މީހުންނަށް ވެސް އެނގޭނެ،" އެކްޓިންއާ ދުރުގައި ހުންނަތާ ގިނަ ދުވަސްތަކެއް ފަހުން "އާރިއާ" ކިޔާ ވެބް ސީރީޒެއް މި ފަހުން ކުޅުނު ބަތަލާ ބުންޏެވެ. "އަދި އަހަންނަކީ އަބަދު ވެސް އަހަރެން އިސްކަންދޭ ކަންކަމުގައި ދެމިހުންނަން ފަސްޖެހޭ މީހެއް ވެސް ނޫން."