Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

އައްޑޫގެ ބައެއް އަވަށްތަކަށް އުދަރައަނީ

އައްޑޫގެ ބައެއް އަވަށްތަކަށް އުދައަރަމުން އެބަދެ އެވެ.

މެންދުރު ފަހުން ދިޔަވަރު ބޮޑުވެ، މަރަދު އާއި ހިތަދޫ އާއި މަރަދޫގެ ބައެއް ހިސާބުތަކަށް އުދައަރާފައިވެ އެވެ. ބައެއް މީހުން އަންނަނީ އަދަ އަރަމުން އަންނަ ސަރަހައްދުގެ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ޕޯސްޓްކުރަމުންނެވެ.

އައްޑު އަށް މިއަދު އުދަ އަރަން ފެށި އިރު، މި ދުވަސްކޮޅަކީ މޫސުން ގޯސްވެ ވިއްސާރަވެ ކަނޑު ވެސް ގަދަ ދުވަސްކޮޅެކެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ މިއަދު އުރައަރާނެ ކަމަށް ލަފާކޮށް މެދު ރާއްޖެތެރެއިން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ވެސް ނެރަފަ އެވެ. އެއީ މެންދުރު ފަހު 3:00 އިން ހަވީރު 6:00 އާ ހަމައަށެވެ.