Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ތިން ވަނަ ކޮންޓެއިނާ ބޯޓެއް ގެންނަނީ

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އަށް އިތުރު ކޮންޓެއިނާ ބޯޓެއް ގެނައުމުގެ އެއްބަސްވުމުގައި އިއްޔެ އެވެ.

އެސްޓީއޯގެ ދަށުން ހިންގާ ކުންފުންޏަށް ތިން ވަނަ މުދާ އުފުލާ ތިން ކޮންޓެއިނާ ބޯޓެއް ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރީ އެސްޓީއޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. އެމްއެސްއެސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދެވެ.

އަމްރު ވިދާޅުވީ އަލަށް ގެންނަން މަސައްކަތްކުރާ ބޯޓަކީ ރާއްޖެ އަށް ސިންގަޕޫރާއި މެލޭޝިއާ އިން މުދާ ގެންނަން ހާއްސަ އުޅަނދެއް ކަމަށެވެ.

މި ބޯޓުގައި ލޯޑު ކޮށްފައި 420 ކޮންޓެއިނާ އަދި ލޯޑްނުކޮށް 680 ކޮންޓެއިނަ އުފުލޭނެ އެވެ.

އާ ބޯޓުގައި އަންނަ މަހު މުދާ އުފުލަން ނިންމާފައިވާ އިރު ބޯޓަށް ކިޔަން ނިންމާފައި ވަނީ "އެމްއެސްއެސް ގްރެފީން" ކަމަށް އެސްޓީއޯއިން ބުންޏެވެ.

މި ބޯޓާއެކީ ކޮންޓެއިނާ ހޯދުމުގެ މަސައްކަތް ވެސް ކުރާނެކަމަށް އެސްޓީއޯ އިން ބުންޏެވެ.