Last Updated: April 27, 06:00
Saturday, April 27, 2024
ޚަބަރު

ކެނަރީފުން ބޮޑު އީދަށް ހާއްސަ އޮފާއެއް

ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް ކެނަރީފް ރިސޯޓުން ހާއްސަ އޮފާތަކެއް ހުޅުވާލައިފި އެވެ.

އެ ރިސޯޓްގައި އީދު ޗުއްޓީ ހޭދަކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައި ވަނީ ތިން އޮފާއެކެވެެ. އެއީ ދެ މީހަކަށް ސަން ރައިޒް ވިލާއެއްގައި 115 ޑޮލަރަށް ރެއަކަށް ދެ ރޭ ހޭދަކޮށްލެވުމާއި ސަންސެޓް ބީޗް ވިލާއެއްގައި ދެ ރޭ މީހަކަށް 180 ޑޮލަރު ހޭދަކޮށްލެވުމުގެ އިތުރަށް ޖަކޫޒީ ވިލާއެއްގައި ދެ ރޭ މީހަކަށް 245 ޑޮލަރު ހޭދަކޮށްލެވޭ އޮފާއެކެވެ.

މި އޮފާތަކަށް ރިޒަވޭޝަން ހެދުމާއި އިތުރު މައުލުމާތު ކެނަރީފްގެ 6896677 އިން ލިބޭނެ އެވެ.

ކެނަރީފްގެ އިތުރުން ގަމުގެ އީކްއޭޓަ ވިލެޖުން ވެސް ވަނީ ބޮޑު އީދަށް ހާއްސަ އޮފާއެއް ހުޅުވާލައިފަ އެވެ.