Last Updated: August 18, 09:01
Thursday, August 18, 2022
ޚަބަރު

ރާއްޖޭގެ "ސްޕޭސް މިޝަން" ގައި 7 މެމްބަރުން

އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް އައިޖީއެސް އިން ކުރިއަށް ގެންދާ ރާއްޖޭގެ ފުރަތަމަ "ސްޕޭސް މިޝަން" ގެ ޓީމު އެކުލަވާލައިފި އެވެ.

ހަތް މެމްބަރުންގެ އެކުލެވޭ ޓީމްގައި ހިމެނެނީ އުމުރުން 30 އަހަރުން ދަށުގެ މީހެކެވެ. އެއީ ފަސް ފިރިހެނުންނާއި ދެ އަންހެނުންނެވެ. އެގޮތުން "ސްޕޭސް މިޝަން" ގައި ހިމެނޭ މެމްބަރުންނަކީ ރ. އަލިފުށި ހުސައިން އައްސަދާއި އއ. ބޮޑުފުޅަދޫ
އަހުމަދު އީޖާޒް އަބްދުﷲ އާއި މާލޭގެ މަރިޔަމް މަހްރޫސާ އަބްދުއްރަހްމާނާއި ގދ. ރަތަފަންދޫ މަރިޔަމް ޝިމާނަތާއި މާލޭގެ
މުހައްމަދު އަޝްހަމް މުޖުތަބާގެ އިތުރުން ހއ. އިހަވަންދޫ މުހައްމަދު ޖުނައިދެވެ.

"ސްޕޭސް މިޝަން" އަށް މެމްބަރުން ހަމަޖެއްސީ ސެޓަލައިޓް ހަދައި ލޯންޗުކޮށް، އޭގެ ސައިންޓިފިކް ރިސާޗް ހަދަން ހަދަން ދަސްކޮށްދޭ ކޯސް، ނެނޯ ސެޓަލައިޓް އިންޖިނިއަރިން ޕްރޮފެޝަނަލް ކޯސް ފުރިހަމަކުރުމާ ގުޅިގެންނެވެ.

އައިޖީއެސް އިން ބުނީ ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން ކުރިން ވެސް ރާވާފައި އޮތް ތާވަލާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށެވެ. މީގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ ފުރަތަމަ "ޕްރޮޓައިޕް ސެޓެލައިޓް" ހަދައި ޓެސްޓުކުރުމެވެ.

ރާއްޖޭގެ "ސްޕޭސް މިޝަން" ގެ މައި ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.