Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ސިފައިންގެ ތަމްރީނެއް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށް ދިޔަ "އޮފިސާސް ރޭންޖު ޑޭ 2022" ގެ ހަރަކާތްތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައްލަވާލައްވައިފި އެވެ.

އިއްޔެ ފެށި ރޭންޖު ޑޭގައި، އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރުމަށް ހޯދުނު ޒަމާނީ އެކިއެކި ވެޕަން ސިސްޓަމްތަކުގެ ޑިސްޕްލޭއެއް، ރައީސް ވަނީ ބައްލަވާލައްވާލައްވައިފަ އެވެ. އެ ޑިސްޕްލޭގައި، ޚާއްޞަ އަސްކަރީ ހަރަކާތްތަކުގައި ބޭނުންކުރުމަށް އެމްއެންޑީއެފަށް އަލަށް ހޯދުނު ހަތިޔާރާއި، ޕާސަނަަލް ވެޕަންގެ ގޮތުގައި ބޭނުންކުރާ ހަތިޔާރާއި، އަދި ސަޕޯޓް ވެޕަންގެ ގޮތުގައި ބޭނުންކުރާ ހަތިޔާރުތައް ދައްކާލާފައިވެ އެވެ. އޭގެއިތުރުން މިއަދު ބޭއްވި ވެޕަން ޑޭގައި، އެ ހަތިޔާރުތަކުގެ ޓެސްޓް ޝޫޓިންތައް ގިރިފުށީ ޓްރެއިނިން ސެންޓަރުގެ ފަޔަރިން ރޭންޖުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

"އޮފިސާސް ރޭންޖު ޑޭ" ގެ ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސާ އެކީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި އެ އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންނެވި އެވެ.