Last Updated: March 29, 18:55
Friday, March 29, 2024
މުނިފޫހިފިލުވުން

"މޭރީ ޕަތުނީ ކާ ރިމޭކް" އަކީ ރިމޭކެއް ނޫން

ކުރީގެ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމޭކް ބެލުންތެރިންނަށް ގެނެސްދިން ޑައިރެކްޓަރު މުދައްސަރު އަޒީޒް "މޭރީ ޕަތުނީ ކާ ރިމޭކް" ގެ ނަމުގައި ފިލްމެއް ހަދަން ތައްޔާރުވާން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ ޕްރޮޑިއުސަރު ވާޝޫ ބަގްނާނީ ގެ ޕޫޖާ އެންޓަޓައިންމަންޓާ ގުޅިގެން ހަދަން ނިންމާފައިވާ ފިލްމުގެ ކާސްޓަށް ނަގާފައި ވަނީ އަރުޖުން ކަޕޫރާއި ރަކުލް ޕްރީތު ސިންގްގެ އިތުރުން ބޫމީ ޕިޑްނޭކަރް ކަމަށެވެ. ބޫމީ އަކީ ދާދި ފަހުން ޝޫޓިން ނިންމި އަރުޖުންގެ "ދަ ލޭޑީ ކިލާ" ގެ ވެސް ބަތަލާ އެވެ. އަދި އޭނަ އަކީ 2019 ގައި ރިލީޒްކުރި "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމޭކްގެ އެއް ބަތަލާ އެވެ.

އަރުޖުން އާއި ރަކުލް ކުރިން ވަނީ މިދިޔަ އަހަރު ރިލީޒްކުރި "ސަރުދާރު ކާ ގްރޭންޑް ސަން" ގައި މަސައްކަތްކޮށްފަ އެވެ.

މީޑިއާތަކުން ބުނީ ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ހަދާ "މޭރީ ޕަތުނީ ކާ ރިމޭކް" ގެ ޝޫޓިން މި އަހަރުގެ ސެޕްޓެމްބަރުގައި ފަށާނެ ކަމަށެވެ. އެކަމަކު ރަސްމީކޮށް އަދި ފިލްމު އިއުލާނެއް ނުކުރެ އެވެ.

މުދައްސަރު ވަރަށް ފަހުން ވަނީ އިނގިރޭސިވިލާތުގައި "ޑަބަލް އެކްސްއެލް" ކިޔާ ފިިލްމެއްގެ ޝޫޓިން ނިންމައިފަ އެވެ. އޭގެ ތަރިންނަކީ ސޮނާކްޝީ ސިންހާ އާއި ލޯބިވެރިޔާ ޒަހީރު އިގްބާލާއި ހުމާ ގްރޭޝީގެ އިތުރުން މަހަތު ރަހަވެންދުރަ އެވެ.