Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

އައްޑޫ ހޮސްޕިޓަލްގެ ހިތާނީ ކޭމްޕް ފަށައިފި

ސްކޫލް ބަންދާ ދިމާކޮށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ މި އަހަރުގެ ހިތާނީ ކޭމްޕް މިއަދު ފަށައިފި އެވެ.

މިކަން ފެއްޓުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ހޮސްޕިޓަލްގެ މެޑިކަލް ޑިރެކްޓަރު އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަމާނީ އެވެ.

އޭއީއެޗް އިން "ސާކަމްސިޝަން ކޭމްޕް" ގައި ނަމުގައި ފެށި ހަރަކާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 3 އާ ހަމައަށެވެ. އެ މުއްދަތުގެ ތެރޭގައި ހިތާނުކުރަން ރަޖިސްޓްރީކުރި ހުރިހާ ކުދިން ހިތާނުކުރާނެ އެވެ. މިކަން ކުރިއަށް ގެންދަނީ ކުދިންނާ ވަރަށް ގުޅޭ ގޮތަށެވެ.

އޭއީއެޗުން "ސާކަމްސިޝަން ކޭމްޕް" ގެ ރަޖިސްޓްރޭޝަނަށް ހުޅުވީ މިދިޔަ މަހުގެ 5 ގަ އެވެ. އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު އެތަނުގެ ހޮޓްލައިން 1632 އިން ލިބޭނެ އެވެ.